ކ. މާލެ
|
23 ޖޫން 2019 | އާދީއްތަ 09:02
ސަލްމާން ޚާން
ސަލްމާން ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ބާރަތް އަށް 200 ކްރޯޑް ރުޕީސް
މި ފިލްމަށް 201.86 ކްރޯޑް ރުޕީސް ލިބިފައި މިވަނީ ފިލްމް ރިލީޒް ކުރިތާ 17 ދުވަސް ތެރޭގައި

މި އަހަރުގެ ފިތުރު އީދު ދުވަހު ރިލިޒްކޮށްފައިވާ ސަލްމާން ހާންގެ ފިލްމު "ބާރަތް" އަށް ލިބުނު އާމްދަނީ 200 ކްރޯޑް ރުޕީސް އަށް އަރައިފިއެވެ.

ބޮކްސް އޮފީހުގައި މި ފިލްމު ކާމިޔާބީ އަށް ބަލާއިރު ފިލްމު ވެގެން ގޮސްފައިވަނީ މި އަހަރުގެ ރިލީޒް ކުރި ފިލްމު ތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

"ބާރާތް" ވަނީ ރިލީޒް ކުރިތާ ފަސް ދުވަސް ތެރޭގައި ބޮކްސް އޮފީހުގައި 150 ކްރޯޑް ހޯދާފައިވެއެވެ. މި ފިލްމަށް 201.86 ކްރޯޑް ރުޕީސް ލިބިފައި މިވަނީ ފިލްމް ރިލީޒް ކުރިތާ 17 ދުވަސް ތެރޭގައެވެ.

ރީލް ލައިފް ޕްރޮޑަކްޝަނާއި ސަލްމާން ހާން ފިލްމުގެ އިތުރުން ޓީ ސީރީސް ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ ތަފާތު އެކި ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ. އޭގެ ތެރޭގައި، އެކްޝަން، އިމޯޝަންގެ އިތުރުން ކޮމިޑީވެސް ހިމެނެއެވެ. ފިލްމު އުފައްދާފައިވަނީ 240 ކްރޯޑުގެ ބަޖެޓަކުންނެވެ.

ބާރަތް ވަނީ އިންޑިއާގެ 4،700 ސްކްރީނުގެ އިތުރުން އެހެނިހެން ގައުމުތަކުގެ 1،300 ސްކްރީނުގައި އަޅުވާފައެވެ.

ދެކުނު ކޮރެއާގެ ފިލްމެއް އަސްލަކަށް ބަލައިގެން ހަދާފައިވާ މި ފިލްމުގައި ދައްކުވައިދެނީ އުމުރުން އަށް އަހަރުގެ ކުއްޖަކު އޭނާގެ ބައްޕަ އަށް ވެފައިވާ ވައުދެއް ފުއްދުމަށް ކުރާ މަސައްކަތެވެ. ފިލްމުގައި ސަލްމާން ހާންގެ ބައްޕަގެ ރޯލު ކުޅެފައިވަނީ ޖެކީ ޝްރޯފްއެވެ.

ސަލްމާންގެ ލޯބިވެރިޔާގެ ރޯލު ކެޓްރީނާ ކުޅެފައިވާއިރު ދައްތަގެ ރޯލުން ފެނިގެން ދަނީ ތާބޫއެވެ. އޭގެ އިތުރުން އެ ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ދީޝާ ޕަޓާނީ، ނޯރާ ފަތްހީ، އާސިފް ޝައިކް އަދި ކޮމޭޑިއަން ސަތިޝް ކައުޝިކްއެވެ.

ފިލްމުގެ މަންޒަރުތައް އިންޑިއާގެ ޕަންޖާބު އާއި ދިއްލީގައި ނަގާފައިވާއިރު ފިލްމުގައި އަބޫދާބީ، ސްޕެއިންގެ އިތުރުން މޯލްޓާގައި ނަގާފައިވެ އެވެ.

- ކޮމެންޓް