Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 18:15
ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ - އެމްޑީޕީ ހަރުގެ ކައިރި ފޮޓޯ ނަގައިގެން ވަނީ ހައްޔަރު ކޮށްފައި
ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ - އެމްޑީޕީ ހަރުގެ ކައިރި ފޮޓޯ ނަގައިގެން ވަނީ ހައްޔަރު ކޮށްފައި
ރާއްޖެ އެމްވީ
ފޮޓޯ ނަގައިގެން ހައްޔަރު ކުރި
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އިމިގްރޭޝަނާ ހަވާލު ކުރީ ރޭގެ ވަގުތެއްގައި
ހައްޔަރު ކުރީ ޗުއްޓީ އައިސް އުޅޭ ފޮޓޯގްރަފީ ކިޔަވާ ދަރިވަރެއް
އޭނާއަކީ ޖަރުމަނުވިލާތުގެ ރައްޔިތެއް

އެމްޑީޕީ ހަރުގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ ބަލައި ފާސްކުރަނިކޮށް އެތަން ފޮޓޯ ނަގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ރޭ އިރާކޮޅު ގެންދިޔަ ފަތުރުވެރިޔާ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ރޭ ފުލުހުން ހައްޔަރު ކުރީ ޑަޗް މީހެއް ކަމަށް ކުރިން ރިޕޯޓް ކުރެވިފައިވީ ނަމަވެސް އެއީ ޖަރުމަނުވިލާތުގެ ރައްޔިތެއް ކަމަށް މިހާރުވަނީ ކަށަވަރު ކުރެވިފައެވެ. ހައްޔަރު ކުރި މީހާއަކީ އީރާނަށް އުފަން ޖަރުމަރު ވިލާތުގެ ނާސިރީ ހޮނަރވަރ ކިޔާ މީހެކެވެ.

މިއީ ފޮޓޯގްރަފީ ކިޔަވާ ދަރިވަރެއް ކަމަށާއި، އޭނާ ރާއްޖެ އައިސް އުޅެނީ ޗުއްޓީއެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.

ހައްޔަރު ކުރުމުން ފުލުހުންނަށް އޭނާ އެއްބާރުލުންދީ ކެމެރާ ފުލުހުންނަށް ހަވާލު ކުރިއެވެ. އަދި ފަހުން އޭނާއާ އެކު ފުލުހުން އޭނާ ހުރި ގެސްޓް ހައުސްއަށް އައިސް ޗެކްއައުޓު ކުރުމަށްފަހު ހުރިހާ ސާމާނެއް ވަނީ ގެންގޮސްފައެވެ.

މިމީހާ އިމިގްރޭޝަނާ ހަވާލުކުރީ އޭނާ ހައްޔަރު ކުރިތާ އިރުކޮޅެއް ފަހުން ކަމަށްވެސް އެނގިފައިވެ އެވެ.

ރޭ އިރާކޮޅުގެ ވަގުތެއްގައި ކުއްލިއަށް އެމްޑީޕީގެ ހަރުގެއަށް ފުލުހުން ވަދެ އެތަން ވަނީ ކޯޓު އަމުރެއްގެ ދަށުން ޗެކް ކޮށްފައެވެ. އޭރު އެ ސަރަހައްދަށް ގިނަ ބަޔަކު ޖަމާވެ ފޮޓޯއާ މަންޒަރު ވީޑިއޯ ކުރަމުން ގެންދިޔައެވެ. ރާއްޖެއެމްވީއަށް ކޮޕީ ފެނިފައިވާ، ފުލުހުން ގެންގުޅުނު ކޯޓު އަމުރުގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ އިއްޒަތްތެރިންތަކެއްގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް އެމްޑީޕީގެ ހަރުގޭގައި ހިންގަން ރާވާ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހަރުގެ އާއި ހަރުގޭގައި ތިބި މީހުންނާއި ހަރުގެ ހިންގާ އިމާރާތަށް ނިސްބަތްވާ މީހުން ބަލައި ފާސްކުރާ ވާހަކަ އެވެ.

ފުލުހުން ގިނަ އިރު ތަކެއް ވަންދެން އެތެރެއާ ބޭރު ޗެކް ކުރުމަށްފަހު އެތަނުން ގެންދިޔަ މައިގަނޑު އެއްޗަކީ ފޮތި ރޯލެއް ކަމަށް އެނގިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް