ޖަޕާނުގެ ކޯޖީ މިޔޮށީ ކާމިޔާބު ކުރި ދެ ގޯލާއެކު ޖަޕާނުން ވަރުގަދަ އުރުގުއޭ ހިފަހައްޓައިފިއެވެ.
ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމުގެ މެދުގައި ކުޅެވުނު މި މެޗުގައި ޖަޕާނުގެ މިޔޮށީ ވަނީ ދެ ފަހަރު މަތިން ޖަޕާނަށް ލީޑު ނަގައިދީފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ލަނޑު މިޔޮށީ ކާމިޔާބު ކޮށްދިންތާ މާ ގިނަ އިރުތަކެއް ނުވަނީސް ވީއޭއާރްގެ އެހީގައި ލިބުނު ޕެނަލްޓީގެ ބޭނުން ހިފާ ބާސެލޯނާގެ ފޯވާރޑް ސުއަރޭޒް ވަނީ އެއްވަރު ކޮށްފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މިޔޮށީ ވަނީ ދެވަނަ ފަހަރަށް ޖަޕާނަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އުރުގުއޭގެ ހޯސޭ ހިމެނޭޒް ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ.
އުރުގުއޭގެ ޑިފެންޑަރު ހިމެނޭޒް ކުރި ފައުލްއަކާއި ގުޅިގެން ޖަޕާނުން ވަނީ ޕެނަލްޓީ އަކަށް އެޕީލް ކޮށްފައިވެއެވެ. ނަމަވެސް ރެފްރީ ވަނީ އެއީ ފައުލްއެއް ނޫންކަމަށް ނިންމައިފައެވެ.
ފަނަރަ ފަހަރު ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދައިފައިވާ އުރުގުއޭއިން ގުރޫޕްގެ ފަހު މެޗްގައި ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލޭއާއެވެ. އަދި ޖަޕާނުން ގުރޫޕްގެ ފަހު މެޗުގައި ބައްދަލު ކުރާނީ އިކުއެޑޯއާއެވެ.