ކ. މާލެ
|
21 ޖޫން 2019 | ހުކުރު 15:07
ފެނާންޑޯ ޓޮރޭޒް
ފެނާންޑޯ ޓޮރޭޒް
ރޮއިޓަރސް
ފެނާންޑޯ ޓޮރޭޒް
ުުޓޮރޭޒް ކުޅުން ހުއްޓާލައިފި
 
ޓޮރޭޒް ވަނީ އެޓްލެޓިކޯ އާއި ލިވަޕޫލް އަދި ޗެލްސީއަށްވެސް ކުޅެފައި

މީގެކުރިން އެޓްލެޓިކޯ މެޑްރިޑާއި، ލިވަޕޫލް އަދި ޗެލްސީއަށް ކުޅުނު ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ކުޅުން ހުއްޓާލައިފިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޓޮރޭޒް އޭނާ ކުޅުން ހުއްޓާލާފައިވާކަން އިއުލާންކުރިއިރު، އޭނާ އެންމެ ފަހުން ކުޅެމުންދިޔައީ ޖަޕާންގެ ސަގަން ޓޮސޫއަށެވެ.

އުމުރުން 35 އަހަރުގެ ޓޮރޭޒް ބުނީ، 18 އަހަރަށްފަހު ފުޓުބޯޅަ ކެރިޔަރު ނިމުމަކަށް އައިސްފައިވާ ކަމަށާއި، އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އެޓްލެޓިކޯ މެޑްރިޑުން 2001 ވަނަ އަހަރު ކެރިޔަރު ފެށި ޓޮރޭޒް ވަނީ އެ ކްލަބުގައި ހަތް ސީޒަން ހޭދަކޮށްފައެވެ. އެގޮތުން އެ ހަތް ސީޒަނުގައި އޭނާ ވަނީ އެޓީމަށް ކުޅުނު 244 މެޗުގައި 91 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ދެން ބަދަލުވީ 2007 ވަނަ އަހަރު ލިވަޕޫލްއަށެވެ. ލިވަޕޫލްގައި ހަތަރު ސީޒަން ޓޮރޭޒް ހޭދަކޮށްފައިވާއިރު، އޭނާ ވަނީ އެ ކްލަބަށް ކުޅުނު 142 މެޗުގައި 81 ލަނޑު ކާމިޔާބުކޮށްފައެވެ.

އެއަށްފަހު ދެން ޓޮރޭޒް ބަދަލުވީ 2010 ވަނަ އަހަރު ޗެލްސީ އަށެވެ. އެގޮތުން ޗެލްސީ އަށް ކުޅުނު 172 މެޗުގައި އޭނާ ވަނީ 45 ލަނޑު ކާމިޔާބުކޮށްފައެވެ. ޗެލްސީއާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އެފްއޭކަޕްވެސް ކާމިޔާބުކޮށްފައެވެ. ޗެލްސީގައި ހުރެ އޭނާ ވަނީ އެޓްލެޓިކޯ މެޑްރިޑް އަދި އޭސީ މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައެވެ.

ޗެލްސީ ދޫކޮށްލުމަށްފަހު އެޓްލެޓިކޯ އަށް އަނެއްކާވެސް ޓޮރޭޒް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ އެގޮތުން އޭނާ ވަނީ އެޓީމަށް ކުޅުނު 160 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ.

އެޓްލެޓިކޯ ދޫކޮށްލުމަށްފަހު، ޓޮރޭޒް އެންމެ ފަހުން ކުޅެމުންދިޔައީ ޓޮސޫއަށެވެ. އޭނާ ވަނީ އެ ކްލަބާއެކު ހޭދަކުރި ދެ ސީޒަނުގައި ކުޅުނު 32 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

ސްޕެއިންއާ އެކު ފީފާ ވޯލްޑްކަޕް 2010 ވަނަ އަހަރު ޓޮރޭޒް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އެޓީމާއެކު 2008 ވަނަ އަހަރު އަދި 2012 ވަނަ އަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސްޕެއިންއަށް ކުޅުނު 110 މެޗުގައި 38 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ