ކ. މާލެ
|
21 ޖޫން 2019 | ހުކުރު 15:37
ވެލާ ފެނިފައިވަނީ މަސްވެރިކަންކުރާ ނެޓެއްގައި ހައްޔަރުވެފައި އޮއްވާ މާލެ އަތޮޅުން
ވެލާ ފެނިފައިވަނީ މަސްވެރިކަންކުރާ ނެޓެއްގައި ހައްޔަރުވެފައި އޮއްވާ މާލެ އަތޮޅުން
ފޯރ ސީޒަންސް ކުޑަ ހުރާ
ޕެގީ ކަނޑަށް ދޫކޮށްލުން
ނުފީނޭ ހާލަތުގައި އޮތް ވެލައެއް ރިހެބިލިޓޭޓް ކުރުމަށްފަހު ކަނޑަށް ދޫކޮށްލައިފި
ޕެގީ އަކީ އޭތީގެ ވާތު އުރަފަތް ހަލާކުވެގެން އަޑިއަށް ނުފީނޭ ހާލަތަށް ބަލިވެފައި އޮތް ވެލައެއް
ޕެގީގެ ހަރަކާތްތެރިވުން ބެލުމަށްޓަކައި އޭގެ ގައިގައި ސެޓަލައިޓް ޓްރެކިންގ ޑިވައިސެއް ވަނީ ހަރުކޮށްފަ

ފޯރ ސީޒންސް ކުޑަހުރާ ރިސޯޓުން، ނުފީނޭ ހާލަތުގައި އޮތް ވެލައެއް ރިހެބިލިޓޭޓް ކުރުމަށްފަހު ކަނޑަށް ދޫކޮށްލައިފިއެވެ.

އެ ރިސޯޓުގެ ފްލައިން ޓާޓަލް ޕްރޮގްރާމްގެ ދަށުން، ޕެގީ ނަމަކަށް ކިޔާ އެ ވެލާ ކަނޑަށް ދޫކޮށްލާފައިވަނީ ހުކުރު ދުވަހު އެކަމަށްޓަކައި ފޯރ ސީޒަންސް ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޕެގީ އަކީ އޭތީގެ ވާތު އުރަފަތް ހަލާކުވެގެން އަޑިއަށް ނުފީނޭ ހާލަތަށް ބަލިވެފައިވާތީ 2016 ވަނަ އަހަރު، ބެލްޖިއަމްގައި ހުންނަ ޕެއަރި ޑެއިޒާ ޒޫ އަށް ރިހެބިލިޓޭޓް ކުރުމަށް ފޮނުވާލެވުނު ވެލައެކެވެ. އޭތި ފުރަތަމަ ފެނިފައިވަނީ މަސްވެރިކަން ކުރާ ނެޓެއްގައި ހައްޔަރު ވެފައި އޮއްވާ މާލެ އަތޮޅުންނެވެ.

ޕެއަރި ޑެއިޒާ ޒޫއިން ނިންމީ ޕެގީއަކީ ރާއްޖެއަށް އެރި ވެލައެއްކަމުން އަލުން އަނބުރާ ކަނޑަށް ދޫކޮށްލަން ވާނީ ވެސް ރާއްޖެއިން ކަމަށެވެ.

ޕެގީ ކަނޑަށް ދޫކޮށްލެވިފައިވާއިރު، އޭގެ ހަރަކާތްތެރިވުން ބެލުމަށްޓަކައި އޭގެ ގައިގައި ސެޓަލައިޓް ޑިވައިސް އެއް ވަނީ ހަރުކޮށްފައެވެ. އެގޮތުން، ކުރިއަށް އޮތް މަސްތަކުގައި ޕެގީގެ ހަރަކާތްތައް ވަރަށް ގާތުން ބެލުމަށްވަނީ ހަމަޖެހިފައެވެ.

ކުޑަ ހުރާ ރިސޯޓުގެ ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު އެލެހަންޑްރާ ކަރވާލޯ ވިދާޅުވީ ޕެގީ ފަދަ ދިރުންތަކަށް މިފަދަ ގޮތްގޮތުން ހިމާޔަތްކަން ދިނުމަކީ އެމީހުންގެ އަމާޒެއް ކަމަށެވެ.

ރިހެބިލިޓޭޓް ކުރާ ފެސިލިޓީއެއްގެ ގޮތުން އަހަރެމެންގެ ގޯލްއެއް އެފަދަ ދިރުންތަށް އަލުން ކަނޑަށް ދޫކޮށްލުމުގެ ކުރިން އެތަކެތި ރިހެބިލިޓޭޓް ކުރުމަކީ.
ކުޑަ ހުރާ ރިސޯޓުގެ ޑިސްކަވަރީ ސެންޓަރުގެ މެނޭޖަރު އެލެހަންޑްރާ ކަރވާލޯ

މީގެ އިތުރުން އޭނާ ވިދާޅުވީ، ޕެގީގެ ހާލަތު މުޅިން ރަނގަޅުވެ އަލުން އޭތީގެ އަމިއްލަ މާހައުލަށް ދޫކޮށްލެވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.

ކުޑަ ހުރާ ރިސޯޓުގެ ފްލައިން ޓާޓަލް ޕްރޮގްރާމް ގެ ދަށުން އިތުރު ވެލާތަކަށްވެސް މިގޮތަށް ހިމާޔަތްކަން ދިނުމުގައި ކުރިއަށް ދާނެ ކަމަށް އެ ރިސޯޓުން ވަނީ ބުނެފައެވެ.

- ކޮމެންޓް