ކ. މާލެ
|
21 ޖޫން 2019 | ހުކުރު 15:20
ދިޝާ ޕަޓާނީ
ދިޝާ ޕަޓާނީ
ގޫގުލް
ފިލްމް ބާރަތް
ބާރަތްގެ ޝޫޓިންގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅު ނުވޭ: ދިޝާ
މި ފިލްމްގައި ދިޝާ ފެނިގެން ގޮސްފައިވަނީ ސާރކަސް އާރޓިސްޓެއްގެ ރޯލުން

މިދިޔަ ފިތުރު އީދާއި ދިމާކޮށް ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމް "ބާރަތް" ގައި ފެނިގެންދިޔަ އެއް ތަރި ކަމަށްވާ ދިޝާ ޕަޓާނީގެ ކަކުލަށް ޝޫޓިންގެ ތެރެއިން ލިބުނު އަނިޔާ އަދިވެސް އެއްކޮށް ރަނގަޅު ނުވާކަމަށް އޭނާ ބުނެފިއެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުގައި ދިޝާ ބުނެފައިވަނީ މި ފިލްމްގައި އޭނާ އަދާކޮށްފައިވާ ރޯލަކީ އޭނާގެ ކެރިއަރ ގައި ކުރި އެންމެ އުނދަގޫ މަސައްކަތް ކަމަށެވެ.

މި ފިލްމްގައި ދިޝާ ފެނިގެން ގޮސްފައިވަނީ ސާރކަސް އާރޓިސްޓެއްގެ ރޯލުންނެވެ.

ސަލްމާން ޚާން ފަދަ ތަރިއަކާއިއެކު މަސައްކަތް ކުރުމުން ކުރެވުނު ތަޖުރިބާއާއި ގުޅޭގޮތުން ދިޝާ ބުނެފައިވަނީ ސަލްމާން ފަދަ މަޝްހޫރު ތަރިއަކާއި އެކު މަސައްކަތް ކުރަން ލިބުމަކީ އުފާވެރި ތަޖުރިބާއެއްކަމަށެވެ. ސަލްމާން އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ، އެންމެންނަށް ވެސް އިހުތިރާމް ކުރާ މީހުންގެ އިހުސާސްތައްދަންނަ ތަރިއެއް ކަމަށެވެ.

މި ފިލްމްގައި ސަލްމާން އާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވާ ކެޓްރީނާ ކެއިފް އާއި އެކު މަސައްކަތް ކުރެވިފައި ނުވާކަން ދިޝާ ވަނީ ފާހަގަ ކޮށްފައެވެ.

ދިޝާ މިވަގުތު މަސައްކަތް ކުރަމުންދަނީ މޮހިތް ސޫރީގެ ރޮމޭންޓިކް ތްރީލާ "މަލަންގް" ގައެވެ. މި ފިލްމްގައި ދިޝާ އާއި އެކު ފެނިގެންދާނީ އަދިތްޔަ ރޯއީ ކަޕޫރެވެ.

- ކޮމެންޓް