ބައިނަލް އަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެ ވަޑައިގަންފިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރަމުންދާ ޔޯގާ ދުވަހުގެ މުނާސަބަތާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީވަނީ ރާންޗީގައި ބޭއްވި ހާއްސަ ޔޯގާ ސެޝަން އެއްގައި ވަނީ ބައިވެރިވެވަޑައިގަންފައެވެ. އަދި ބީޖޭޕީގެ ލީޑަރ ރާމް މަދަވްވެސް ވަނީ ޓްރިވެންޑްރަމްގައި ބޭއްވި ޔޯގާ ސެޝަންއެއްގައި ބައިވެރިވެފައެވެ.
މީގެއިތުރުންވެސް އިންޑިއާގެ އެކި ވުޒާރާތަކުގެ ވަޒީރުންވެސް ވަނީ އިންޑިއާގެ އެކި ހިސާބުތަކުގައި މި ދުވަސް ފާހަގަ ކުރުމަށް ބޭއްވި ސެޝަން ތަކުގައި ބައިވެރިވެފައެވެ.
ޔޯގާ ދުވަހާގުޅިގެން އިންޑިއާގެ ރައީސް ރާމް ނަތު ކޮވިންޑް ވިދާޅުވީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ޔޯގާދުވަސް ފާހަގަކުރާތީ އުފާވާކަމަށާއި، މިއީ ހަމައެކަނި އިވެންޓެއް ނޫން ކަމަށެވެ. އަދި ދިރިއުޅުމުގެ މުހިއްމު ބައެއްކަމުގައި ޔޯގާހަދަން ޖެހިފައިވާ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިންޑިޔާގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ވަނީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައެވެ.
 
                             
                     
                             
                        
                
    
 
                        
                
    
 
                        
                
    
