ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 16:04
ނިމިދިޔަ މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.9 އަށް އިތުރު ވެފައިވޭ
ނިމިދިޔަ މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.9 އަށް އިތުރު ވެފައިވޭ
ހުސެން ފިޔާޒް
ޓޫރިޒަމް މިނިސްޓްރީ
މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.9 ފަސެންޓް އިތުރުވެއްޖެ
މިދިޔަ އަހަރާއި އަޅާބަލާއިރު މިދިޔަ މޭ މަހުގައި 10.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވޭ
ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 103،022 ފަތުރުވެރިން
2018 ވަނަ އަހަރާ އަޅާ ބަލާއިރު އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް ވަނީ ދެ ދަރަޖަ މައްޗަށް ޖެހިލާފަ

ނިމިދިޔަ މެއި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 10.9 އަށް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާއި އަޅާބަލާއިރު، ިމި އަހަރުގެ މޭ މަހުގައި 10.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. މި އަހަރުގެ މޭ މަހު ރާއްޖެއަށް 103022 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައްދައްކާގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749114 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ނިމިދިޔަ މެއި މަހު ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވަނީ ޗައިނާއިންނެވެ.

މީގެއިތުރުން، 2018 ވަނަ އަހަރާ އަޅާ ބަލާއިރު، އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް ވަނީ ދެ ދަރަޖަ މައްޗަށް ޖެހިލާފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އިންޑިއާ މިހާރު އޮތީ ފަސް ވަނައިން ތިން ވަނައަށް މައްޗަށް އަރާފައެވެ.

ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ގައުމުތަކަކީ، ޗައިނާ އާއި އިޓަލީ އަދި އިންޑިއާއި ޖަރުމަނު ވިލާތުގެ އިތުރުން އިނގިރޭސިވިލާތެވެ.

- ކޮމެންޓް