Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 16:53
ފ. ނިލަންދޫ، ހިމާޔާތް ހޯދި ނޫސްވެރިން ވެސް ތިބީ މިރަށުގައި
ފ. ނިލަންދޫ، ހިމާޔާތް ހޯދި ނޫސްވެރިން ވެސް ތިބީ މިރަށުގައި
މައުރޫފް ހަލީލް
ރާއްޖެޓީވީއަށް އިންޒާރެއް
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި
އަތޮޅަށް އެރިޔަސް ފުނޑާލަނަން
މަރާލާނެ ކަމުގެ އިންޒާރުދިން

ފ. އަތޮޅު ބޭރުގެ ބަޔަކަށް ދިނުމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހޯދުމަށް އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ބުނެ ރާއްޖެޓީވީއަށް އިންޒާރުދީފިއެވެ.

 

ފ.އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް "ރާއްޖެޓީވީ"އަށް ގުޅި ފަރާތުން ބުނެފައިވަނީ އެ އަތޮޅަށް "ރާއްޖޭޓީވީގެ ބަޔަކު އަރައިފިނަމަ ފުނޑާލާނަން" ކަމަށެވެ.

 

ބުރާސްފަތި ދުވަހުގެ ތިން ފަހަރެއްގެ މަތިން ރާއްޖޭޓީވީއަށް ފޯނުންގުޅައި އިންޒާރު ދިން ފަރާތުން ބުނެފައިވަނީ "ތިތަނުގެ ބަޔަކު މިކޮޅަށް އަންނަން އުޅޭކަން އެނގޭ ކަމަށާއި، އަންނަ ގަޑިޔާ ހުރިހާ މައުލޫމާތެއް ވަނީ ލިބިފައި" ކަމަށެވެ.

 

ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އެ ފަރާތުން ބުނެފައިވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށެވެ.

 

ރާއްޖެޓީވީން ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށްބުނެ ދީފައިވާ އިންޒާރު ރާއްޖެޓީވީން ދަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށް ރާއްޖޭޓީވީގެ މެނޭޖްމަންޓު ބުނެއެވެ.

 

ރާއްޖޭޓީވީން ފ. އަތޮޅަށް ދަނީ އެ އަތޮޅުގެ ބައެއް، ބޭރުގެ ފަރާތްތަކަށް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެ ކަމުގައި އާންމުން ދެކޭގޮތާއި އަދި ދިނުމަށް ނިންމާފައިވާ ސަރަހައްދާއި ބެހޭ މައުލޫމާތު އެއްކުރުމަށެވެ.

 

ރާއްޖެޓީވީން ބުނެފައިވަނީ ސްޓޭޝަނުގެ ނޫސްވެރިނަށް މަރުގެ އިންޒާރުދީ ބިރުދެއްކި ނަމަވެސް، ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެ ސްޓޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ފަސް ނުޖެހޭނެ ކަމަށެވެ.

 

ރާއްޖެޓީވީއަށް އިންޒާރުދީފައިވާ އިރު ފ. އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅު ނިލަންދޫއަށް ދިޔަ ދެ ނޫސްވެރިޔަކަށް ބަޔަކު އިންޒާރުދިނުމުގެ ސަބަބުން ވަނީ ފުލުހުންގެ ހިމާޔަތަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް