ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 01:43
ހޮންގކޮންގގެ އެންމެ މުއްސަންދި މީހާ ކަމުގައިވާ ލީ ކާ-ޝިން
ހޮންގކޮންގގެ އެންމެ މުއްސަންދި މީހާ ކަމުގައިވާ ލީ ކާ-ޝިން
ގެޓީ އިމޭޖަސް
ލީ ކާ-ޝިން ފައުންޑޭޝަން
ހޮންގކޮންގގެ ބިލިއަނަރަކު ޗައިނާ ދަރިވަރުންތަކެއްގެ ކޮލެޖު ފީ ދައްކަން ނިންމައިފި
އޭނާ އަތުން މިކަމަށް ޖުމުލަ 72 މިލިއަން ޑޮލަރު ހަރަދުވާނެ
ބޭނުމަކީ ދަރިވަރުންގެ މާލީ ބުރަތައް ފިލުވައިދިނުން

ހޮންގކޮންގގެ އެންމެ މުއްސަންދި މީހާ ކަމުގައިވާ ލީ ކާ-ޝިން، އޭނާގެ ޗެރިޓީ މެދުވެރިކޮށް ޗައިނާ ދަރިވަރުންތަކެއްގެ އަހަރުގެ ކޮލެޖު ފީއަށް ވާ 14 މިލިއަން ޑޮލަރު ދައްކަން ނިންމައިފިއެވެ.

ލީ ކާ-ޝިން ފައުންޑޭޝަނުން ޝަންޓޫ ޔުނިވާސިޓީގެ 2019 ވަނަ އަހަރު ކިޔަވަން ފަށާ ހުރިހާ ދަރިވަރުންގެ ކޮލެޖު ފީ ފަސް އަހަރު ވަންދެން ދައްކާނެއެވެ. އެ ޔުނިވާސިޓީ އަކީ ޗައިނާގެ ގުއަންޑޮންގ ޕްރޮވިންސްގައި ހުންނަ ޔުނިވާސިޓީއެކެވެ.

މިކަމާއި ގުޅިގެން އެ ފައުންޑޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މީހުންގެ އުއްމީދަކީ މިކަމުގެ ސަބަބުން ދަރިވަރުންގެ މާލީ ބުރަ ނައްތާލެވި، އެ މީހުންގެ ކިޔެވުމަށް ވަގުތުދޭން ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މީގެ ސަބަބުން މިހާރު މިއޮތް ގޮތްނޭނގޭ ބައިންލްއަގްވާމީ އިގްތިސާދުގައި މަސައްކަތް ކުރަން ނިކުންނަ އިރު އެ ކުދިން އެކަމަށް ރަނގަޅަށް ތައްޔާރުވެފައި ތިބޭނެ ކަމުގެ އުއްމިދު އެބައޮތް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

މިލްކިއްޔާތުގައި 30.4 ބިލިއަން ޑޮލަރު ހުރި، ލީގެ އަތުން މި މަސައްކަތަށް ޖުމުލަ 72 މިލިއަން ޑޮލަރު ހަރަދުވާނެއެވެ. ދުނިޔޭގެ 28ވަނަ އަށް އެންމެ މުއްސަންދި މީހާ ކަމަށް ބުނާ ލީ ވަނީ މިދިޔަ އަހަރު އޭނާގެ ވިޔަފާރި ހިންގުމުން ދުރުހެލިވުމަށް ފަހު، އޭނާގެ ދޮށީ ދަރި ވިކްޓަރ ލީއާ ކުންފުނި ހަވާލުކޮށްފައެވެ.

ލީގެ އިތުރުން, މި އަހަރުގެ ކުރީކޮޅު އެމެރިކާގެ ބިލިޔަނަރެއް ކަމުގައިވާ ރޮބަޓް އެފް ސްމިތް ވެސް ވަނީ އެމެރިކާގެ ކޮލެޖެއްގައި ކިޔަވާ ދަރިވަރުންތަކެއްގެ ކިޔެވުމުގެ ދަރަނިތައް ދައްކާނެ ކަމަށް، އެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބުނެފައެވެ.

- ކޮމެންޓް