ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 01:43
ބަންގްލަދޭޝް ފުލުހުންތަކެއް ރަޔަޓް ގިޔަރުގައި
ބަންގްލަދޭޝް ފުލުހުންތަކެއް ރަޔަޓް ގިޔަރުގައި
ގެޓީ އިމޭޖަސް
ބަނގްލަދޭޝް - ޗައިނާ
ބަނގްލަދޭޝް ބަޔަކާއި ޗައިނާ ބަޔަކާ ހިނގި ކުރިމަތިލުންތަކެއްގައި އެކަކު މަރުވެއްޖެ
 
އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވޭ
 
ހަމަނުޖެހުން ހިނގަން މެދުވެރިވީ ބަނގްލަދޭޝް ރައްޔިތަކު އުހުން ވެއްޓި މަރުވުމުން

ޗައިނާ ސަރުކާރުގެ އެހީގައި ބަންގްލަދޭޝްގައި ހަދަމުން ދިޔަ ޕަވަރ ޕްލާންޓެއްގައި މަސައްކަތްކުރަން އުޅުނު ޗައިނާ ބަޔަކާއި ބަންގްލަދޭޝް މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ޗައިނާ މީހަކު މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ ދެކުނުގައި އޮންނަ ޕަތުއާކަލީ ޑިސްޓްރިކްޓުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ އެތަނުގައި މަސައްކަތް ކުރި ބަންގްލަދޭޝް މީހަކު އުސް ތަނަކުން ވެއްޓި މަރުވުމާއި ގުޅިގެންނެވެ. ބަނގްލަދޭޝް މީހުންތައް ހިތްހަމަނުޖެހުނީ އޭނާގެ މަރު ޗައިނާ މީހުން ފޮރުވަން އުޅުނު ކަމަށް ބުނެއެވެ. ފުލުހުން ބުނެފައިވަނީ ކުރިމަތިލުންތައް ހުއްޓުވަން 1000 ފުލުސް އޮފިސަރުން ހަރަކާތްތެރިވީ ކަމަށެވެ.

ހަމަލާގެ މައުލޫމާތު މީޑިއާތަކަށް ދެމުން އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ މުއީނުލް ހަސަން ބުނެފައިވަނީ ހަމަލާގައި 12 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. މަރުވި ޗައިނާ މީހާ މަރުވީ އޭނާގެ ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދޭން ހޮސްޕިޓަލުގައި އޮތްވާ ކަމަށް ވެސް އޭނާ ބުންޏެވެ. ހަމަލާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ރީޖަނަލް އެޑްމިނިސްޓްރޭޓަރ ރާމް ޗަންދްރާ ދާސް ބުނެފައިވަނީ، އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ. މިހާރު އެ ސަރަހައްދުގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޗައިނާއިން ބަންގްލަދޭޝްގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އިރު، އެތަންތަނުގައި ގިނަ އަދަދަކަށް ޗައިނާ މީހުން މަސައްކަތް ކުރެއެވެ. މީގެ ކުރިން 2016 ވަނަ އަހަރު ހިނގި މިކަހަލަ ހާދިސާއެއްގައި ޗައިނާ މަޝްރޫއެއް ހިންގަން އުޅުމުން މުޒާހަރާކުރި ބަޔަކާ ދިމާލަށް ފުލުހުން ލައިވް ވަޒަން ބޭނުންކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
24%
0%
28%
12%
8%
28%
ކޮމެންޓް