ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 16:19
ބިޔޯންސޭ އާއި ލޭޑީ ގާގާ "ޓެލިފޯން" ލަވައިގެ މިއުޒިކް ވީޑިއޯގެ ތެރެއިން
ބިޔޯންސޭ އާއި ލޭޑީ ގާގާ "ޓެލިފޯން" ލަވައިގެ މިއުޒިކް ވީޑިއޯގެ ތެރެއިން
ގޫގުލް
ކޯޗެލާ މިއުޒިކް ފެސްޓިވަލް
ބަލިވެ އިން ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ކޯޗެލާއަށް
 
ބިޔޯންސޭ ބަލިވެއިން ކަން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހު
 
ފެސްޓިވަލް އޮންނާނީ އޭޕްރިލް މަހު

ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ ބަލިވެ އިނުމު ސަބަބުން މަޝްހޫރު މިއުޒިކް ފެސްޓިވަލް "ކޯޗެލާ"ގައި އޭނާގެ ބަދަލުގައި ޕަރފޯމް ކުރާނީ ޕޮޕް ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ކަމަށް އިއުލާންކޮށްފިއެވެ.

ކެލިފޯނިއާގެ އިންޑިއޯ ސިޓީގައި ގައި އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޯޗެލާގައި ބިޔޯންސޭގެ ބަދަލުގައި ލޭޑީ ގާގާ ޕަރޕޯމް ކުރާނެކަން އެ ފެސްޓިވަލުން އިއުލާންކޮށްފައިވަނީ ބުދަ ދުވަހުއެވެ.

ބިޔޯންސޭ ޕަރފޯމް ކުރަން ހަމަޖެހިފައިވަނީ ފެސްޓިވަލްގެ ދެވަނަ ރެއެވެ.

ޑޮކްޓަރުގެ ލަފަޔާއެކު މި އަހަރުގެ ކޯޗެލާގެ ހުށަހެޅުން ކެންސަލް ކުރަން ޖެހިފައިވާކަން ބިޔޯންސޭ އިއުލާންކޮށްފައިވަނީ ނިމިގެން ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އަދި މި ހަބަރާއެކު ބްލެކް މާކެޓްގައި ކޯޗެލާ ޓިކެޓް ތަކުގެ އަގު ދަށްވެގެން ދިޔައެވެ.

ދެ ހަފްތާ ބަންދު ތެރޭ، ކޮންމެ ހަފުތާ ބަންދެއްގައި ތިން ދުވަހަށް ކުރިއަށް ގެންދާ  ކޯޗެލާ މިއުޒިކް ފެސްޓިވަލް އޮންނާނީ އޭޕްރިލަ މަހުގެ 14-16 އަދި 21- 23 އަށެވެ.

މި އަހަރުގެ ފެސްޓިވަލްގައި ގާގާގެ އިތުރުން، ރޭޑިއޯހެޑް އާއި ކެންޑްރިކް ލަމަރ ފަދަ ތަރިން ފެނިގެންދާނެއެވެ.

ލޭޑީ ގާގާއަށް މި ފުރުސަތު ލިބިފައިވާއިރު،  11.7 މިލިއަން މީހުން ބެލި، ސުޕަރ ބޯލް ހާފް-ޝޯވ ގައި އޭނާ ޕަރފޯމް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެއެވެ.

ފެސްޓިވަލް އިންތިޒާމް ކުރާ ފަރާތްތަކުންވަނީ ބިޔޯންސޭގެ ބަދަލުގައި ޕަރފޯމް ކުރުމަށް ރިހާނާ، ޗާންސް ދަ ރެޕަރ، ޑާފްޓް ޕަންކް އަދި ބިޔޯންސޭގެ ފިރިމީހާ ޖޭ-ޒީއާއި މަޝްވަރާކޮށްފައި ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

މި އަހަރުގެ ފެސްޓިވަލުގައި ޕާރފޯމް ނުކުރެވުނު ކަމުގައި ވީ ނަމަވެސް އަންނަ އަހަރުގެ ފެސްޓިވަލްގައި ބިޔޯންސޭ ފެނިގެންދާނެކަމަށް ކޯޗެލާއިން ބުނެފައިވެއެވެ.

އުމުރުން 35 އަހަރުގެ ބިޔޯންސޭ އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންކަން އިއުލާންކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އޭގެފަހުން އޭނާ ވަނީ ގްރެމީ އެވޯޑްސް ޝޯވ ގައި ވަރުގަދަ ހުށަހެޅުމެއް ދައްކާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޖުމާނާ ތައުފީގު
0%
0%
0%
0%
0%
0%
ކޮމެންޓް