ކ. މާލެ
|
20 ޖޫން 2019 | ބުރާސްފަތި 01:42
މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ ފޮޓޯ ގަނޑެއް
މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީގެ ފޮޓޯ ގަނޑެއް
ގެޓީ އިމޭޖަސް
މުރުސީ
މުރުސީގެ މަރަކީ ލިބުނު ކުއްލި ސިހުމެއް، އަދި ބޮޑުލަދެއް: ރައީސް ނަޝީދު
އެމްނެސްޓީ އިންޓަރނޭޝަން އަދި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ މުރުސީގެ މަރު ތަހުގީގް ކުރުމަށް ގޮވާލާފައި

މުރުސީގެ މަރަކީ ލިބުނު ކުއްލި ސިހުމެއް ކަމަށާއި ބޮޑު ލަދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ މުރުސީ ޖަލުގައި ހުންނަވަން ޖެހިވަޑައިނުގަންނަވާކަމަށާއި، ބަޣާވާތަކުން އެމަނިކުފާނުގެ ވެރިކަން ބަދަލުގެން ނުވާނެކަމަށެވެ. އަދި ބައިނަލް އަގްވާމީ މުޖުތަމައުން ބަޣާވާތުގެ ވެރިކަން ބަލައިގަނެގެންވެސް ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މުހައްމަދު މުރުސީ 67 އަހަރުގައި އަވަހާރަވެފައިވަނީ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުންނަވަނިކޮށް ހޭނެތި، ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މުރުސީ އަކީ މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސްއެވެ. އެމަނިކުފާނުގެ ވެރިކަން 2013 ވަނަ އަހަރު ވަނީ ބަޣާވާތަކުން ވައްޓާލެވިފައެވެ.

މުރުސީއަށް ބޭނުންވާ ބޭސްފަރުވާގެ އިތުރުން ގާނޫނީ ވަކީލަކު ނެގުމުގެ މިނިވަންކަމާ އަދި އާއިލާއާ ބައްދަލުކުރުމަށް ހުރަސްތަކެއް ކުރިމަތި ކުރުވާފައިވާތީ އެމްނެސްޓީ އިންޓަރނޭޝަން އަދި ހިއުމަން ރައިޓްސް ވޮޗް އިން ވަނީ މުރުސީގެ މަރު ތަހުގީގް ކުރުމަށް ގޮވާލާފައެވެ. މުރުސީގެ މަރާގުޅިގެން މިސްރުގެ ސަރުކާރުގެ ފަރާތުން އަދި މިހާރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީގެ ބަޔާނެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

ތުރުކީ މެލޭޝިޔާ އަދި އިންޑޮނޭޝިޔާގެ ލީޑަރުން ފިޔަވައި އެހެން އިސްލާމީ ގައުމެއްގެ ލީޑަރުން މިކަމާ ކަންބޮޑުވުން ފާޅުކޮއްފައެއް ނުވެއެވެ.

- ކޮމެންޓް