ކ. މާލެ
|
19 ޖޫން 2019 | ބުދަ 19:44
މޮރީނިއޯ - އޭނާ ވަނީ ގައުމީ ޓީމަށް ކޯޗުކަން ކޮއްދޭން ޝައުގުވެރިކަން ފާޅުކޮށްފައި
މޮރީނިއޯ - އޭނާ ވަނީ ގައުމީ ޓީމަށް ކޯޗުކަން ކޮއްދޭން ޝައުގުވެރިކަން ފާޅުކޮށްފައި
ޓްވިޓަރ
މޮރީނިއޯ
ގައުމީ ޓީމަށް ކޯޗުކަން ކޮއްދޭން ޝައުގުވެރިކަން މޮރީނިއޯ ފާޅުކޮއްފި
 
ތަފާތު ޗެލެންޖްތަކާއި ކުރިމަތިލާން ބޭނުންވާކަމަށް ވިދާޅުވި

ޔޫރަޕުގެ ހަތަރު ގައުމެއްގެ ކޯޗެއްގެ ގޮތުގައި ކާމިޔާބު ހޯދައިފައިވާ ޕޯޗުގަލް އައް އުފަން މޮރީނިއޯ ގައުމީޓިމަކަށް ކޯޗުކަން ކޮއްދޭން ޝައުގުވެރިވާކަން ހާމަކޮއްފި އެވެ.

މޮރީނިއޯ އަކީ މީގެކުރިން ޔޫރަޕްގެ ތަފާތު ހަތަރު ގައުމެއްގައި ކޯޗުކަންކޮށް އެތަކެއް ކާމިޔާބުތަކެއް ހޯދާފައިވާ ކޯޗެކެވެ. އެގޮތުން 25 އަށްވުރެން ގިނަ ތަށި ކާމިޔާބުކޮށްފައިވާ ކޯޗު އެންމެ ފަހުން ކޯޗުކަންކޮށްދިނީ އިނގެރޭސިވިލާތުގެ ގަދަ ބާރެއް ކަމުގައިވާ މެންޗިސްޓާރ ޔުނައިޓެޑަށެވެ.

މޮރީނިއޯގެ ކުރިމަގާއި ބެހޭގޮތުން އޭނާ ދިން ބަޔާނެއްގައި އޭނާ ބުނީ ތަފާތު ޗެލެންޖަކާއި ކުރިމަތިލާން އޭނާ ހުރީ ތައްޔާރަށް ކަމަށާއި ވޯލްޑްކަޕާއި ޔޫރޯ ފަދަ މުބާރާތެއްގައި ކޯޗުކަން ކޮއްދޭން އޭނާ ބޭނުން ކަމަށެވެ.

މީގެ އިތުރުން 56 އަހަރުގެ ކޯޗު ބުނީ ތަފާތު ގައުމުތަކުގެ ކްލަބުތަކުން މިހާރުވެސް އޭނާއައް ހުށަހެޅޮންތައް ހުށަހަޅާފައިވާ ކަމާށާއި ނަމަވެސް އޭނާ އެހުށަހެޅުންތަށް ގަބޫލު ކުރުމާއިމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

2004 ވަނަ އަހަރު ޕޯޗުގަލްގެ ޕޯޓޯ އާއިއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮއްފައިވާއިރު، 2010 ވަނަ އަހަރު މޮރީނިއޯވަނީ އިންޓަރ މިލާނާއި އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮއްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
40%
60%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި