Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 16:14
މަރުވި ދެމަފިރިން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރަމުންދަނީ --
މަރުވި ދެމަފިރިން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރަމުންދަނީ --
މުހައްމަދު ޝަރުހާން
ދެމަފިރިއެއްގެ ކުއްލި މަރު
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
ފުލުހުން ބުނީ އެމައްސަލައިގަ ކުރަންޖެހޭ ތަހުލީލުތައް ކުރަމުންދާ ކަމަށް

މ. ލައިޓް ސިގްނަލް ގޭގައި ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ދެމަފިރިންގެ މަރުގެ މައްސަލައިގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން ބުނެފި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ބުރާސަފަތި ދުވަހު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި ބަލަންޖެހޭ ބެލުންތައް މިހާރު ވެސް ބަލަމުންދާ ކަމަށެވެ.

 

އެ ދެމަފިރިންގެ މަރާ ގުޅިގެން ރާއްޖޭގައި ކުރި ތަހުލީލު ތަކުން އެއްވެސް މައްސަލައެއް ފެނިފައި ނުވާތީ، އިތުރު ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

ނަމަވެސް އެ ތަހުލީލުތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވޭތޯ ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި، ބުރާސްފަތި ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ކަމަށެވެ.

 

މ.ލައިޓް ސިގްނަލް ގޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ތ. ވިލުފުށީ 47 އަހަރުގެ ގާސިމް ޝާހިދާއި 42 އަހަރުގެ ރަޒީނާ އިބްރާހީމެވެ. އެ ދެ މަރިފިން މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް