ކ. މާލެ
|
19 ޖޫން 2019 | ބުދަ 12:35
މިޝޭލް ޕްލެޓިނީ
މިޝޭލް ޕްލެޓިނީ
ވޯލް ސްޓްރީޓް ޖާނަލް
މިޝޭލް ޕްލެޓިނީ
ޔޫއެފާގެ ކުރީގެ ރައީސް ޕްލެޓިނީ ދޫކޮށްލައިފި
 
ކޮރަޕްޝަންގެ މައްސަލައިގައި ހައްޔަރުކުރި ޕްލެޓިނީ ދޫކޮއްލައިފި

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ ދޫކޮއްލައިފިއެވެ.

ފްރާންސްގެ އެންޓި ކޮރަޕްޝަން ފުލުހުން ޕްލެޓިނީ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާ ދޫކޮށްލީ ފްރާންސް ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްފަހުއެވެ.

ޕްލެޓިނީގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ގަތަރުން 2010 ވަނަ އަހަރު ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ފުރުސަތު ދިނުމެވެ. އަދި އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ރިޕޯޓްތައްވެސް ބުނެއެވެ.

ފްރާންސްގެ އެންޓި ކޮރަޕްޝަން ފުލުހުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް ބުނެފައެވެ.

ޕްލެޓިނީގެ ލޯޔަރުން ނެރުނު ބަޔާނެއްގައި ބުނީ، ޕްލެޓިނީ ހައްޔަރުކޮށްފައި ނުވާކަމަށާއި، ޕްލެޓިނީ ފުލުހަށް ހާޒިރު ކުރީ ސުވާލު ކުރުމަށް ކަމަށެވެ. އަދި ޕްލެޓިނީ ހުރީ ސާބިތުކަމާއެކު ކަމަށް ލޯޔަރުން ބުނެއެވެ.

ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދޭން 2010 ވަނަ އަހަރު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު، ޕްލެޓިނީ އަކީ އެ ކޮމިޓީގެ މެމްބަރެކެވެ. އެ ވޯޓުގެ ކުރިން އެގްޒެކެޓިވް ކޮމިޓީގެ ދެ މެމްބަރަކު ވަނީ ކަރަޕްޝަނުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފަ އެވެ.

މީގެއިތުރުން ޕްލެޓިނީ މަގާމުން ވަކި ކުރުމުގެ ކުރިން 2014 ވަނަ އަހަރު ޕްލެޓިނީ ވަނީ ގަތަރުގެ ވޯލްޑް ކަޕް ބިޑުގެ ކުރިން ގަތަރުގެ ފުޓުބޯޅަ އޮފިޝަލް މުހައްމަދު ބިން ހައްމާމުއާއެކު ސިއްރު ބައްދަލުވުންތަކެއް ބޭއްވިކަމަށް އެއްބަސްވެފައެވެ.

ވޯލްޑް ކަޕް 2022 ވަނަ އަހަރު ބާއްވަން ގަތަރުގެ އިތުރުން ބިޑުކުރީ ދެކުނު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާއިންނެވެ.

100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި