Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 15:03
މެންބަރު މާރިއާ ދީދީ
މެންބަރު މާރިއާ ދީދީ
ރާއްޖެއެމްވީ
އެމްޑީޕީ ހަރުގެ ޖަލްސާ
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
ރައީސް ޔާމީން ދައްކަވާ ވާހަކަފުޅާ އަމަލާ ދިމާ ނުވާކަމަށް މާރިއާ ވިދާޅުވި

ފ. އަތޮޅު ވިއްކާލާ ބޭރު ބައެއްގެ އަތް މައްޗަށް ދޫކޮށްލައިފިނަމަ ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިފައިއޮތް ވޯޓު ލުމުގެ ހައްގު ވެސް ނެތި, ގައުމު ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓީދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު މާރިއާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ހަރުގޭގައި ބުދަ ދުވަހު ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވީ ފ. އަތޮޅު ވިއްކާލުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ.

މާރިއާ ވިދާޅުވީ ފ. ވިއްކާލަނީ ކުޑަކުޑަ ލާރިކޮޅަކަށް ނޫންކަން އެނގޭ ކަމަށާއި ކަންބޮޑު ވަނީ ވެސް ބިލިއަނުން ގުނާލެވޭ ޑޮލަރުން ފ. އަތޮޅު ވިއްކާލާތީ ކަމަށެވެ. އަދި އެންމެ ކަންބޮޑު ވަނީ އެ ފައިސާ ހިއްޕަވައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިއްލަވާ ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެފައިވާތީ ކަމަށް މާރިއާ ވިދާޅުވި އެވެ.

ސަބަބެއްކަމަށް މާރިއާ ވިދާޅުވީ ރައީސް ޔާމީން ވިދާޅުވާ އެއްޗަކާ ދިމާ އިދިކޮޅަށް ކަންކަން ކުރައްވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް