ކ. މާލެ
|
19 ޖޫން 2019 | ބުދަ 03:05
ކްރައިސްޓްޗަރޗްގެ ހަމަލާ އަމާޒުވި އެއް މިސްކިތްކަމަށްވާ އަލް ނޫރު މިސްކިތް
ކްރައިސްޓްޗަރޗްގެ ހަމަލާ އަމާޒުވި އެއް މިސްކިތްކަމަށްވާ އަލް ނޫރު މިސްކިތް
ކްރައިސްޓްޗަރޗް ހަަމަލާ
ކްރައިސްޓްޗަރޗް ހަަމަލާ ލައިވްކުރި މީހާ 21 މަހަށް ޖަލަށް
 
ކްރައިސްޓްޗަރޗްއަށް ދިން ހަމަލާގައި 51 މީހުން މަރުވި

ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދެމުންދިޔަ ވަގުތު އެ މަންޒަރު ލައިވް ކުރި ނިއު ޒީލޭންޑްގެ ފިރެހެނަކު 21 މަސްދުވަހަށް ޖަލަށްލައިފިއެވެ.

ފިލިޕް އާރޕްސް ވަނީ އެ ވީޑިއޯ 30 މީހަކަށް ފޮނުވައި އެ ވީޑިއޯ މޮޑިފައިކޮށް އޭގައި މީހުން މަރާވަރު ގުނަން ބުނެފައެވެ.

ކްރައިސްޓްޗަރޗް ޑިސްޓްރިކްޓް ފަނޑިޔާރު ސްޓެފަން އޮޑްރިސްކޮލް ވިދާޅުވީ މުސްލިމު މުޖުތަމައުއާމެދު, އަރޕްސްގެ ހުރީ އެމީހުންނަކީ އަނިޔާ ހައްގުބައެއްގެ ގޮތުގައެވެ.

މާޗް މަހުގެ 15 ވަނަ ދުވަހު ބަޑިހިފައިގެން ހުރި މީހަކު ކްރައިސްޓްޗަރޗްގެ މިސްކިތަކަށާއި އިސްލާމީ މަރުކަޒަކަށް ހުކުރު ނަމާދު ވަގުތު ދިން ހަމަލާގައި 51 މީހުން މަރުވިއެވެ.

ކްރައިސްޓްޗަރގެ ޑިސްޓްރިކްޓް ކޯޓުން އަރޕްސްގެ މައްޗަށް އަންގާރަ ދުވަހު ވަނީ، ހަމަލާ ދެމުންދިޔަ ވަގުތުގެ އެ ވިޑިއޯ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރިކަމާއެކު ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

ކޯޓުން ވަނީ މޮޑިފައިކުރުމަށްފަހު އެ ވީޑިއޯ ޝެއަރ ކުރުމުގެ ގަސްތުވެސް އޭނާގެ އޮތްކަން ހާމަވާކަމަށް ބުނެފައެވެ. މޮޑިފައިކުރި ވީޑިއޯ އޭނާ ސިފަކޮށްފައިވަނީ އިންތިހާއަށް ޝައުގުވެރި ވީޑިއޯއެއްގޮތުގައިކަމަށް ހެރަލްޑް ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

އުމުރުން 44 އަހަރުގެ ވިޔަފާރިވެރިއެއްކަމަށްވާ އަރޕްސްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ އޭޕްރީލް މަހުއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވަނީ މާޗް މަހު ހަމަލާ ދެވުނު އަލް ނޫރު މިސްކިތުގައި އޫރެއްގެ ބޯ ބޭއްވި މައްސަލައެއްގައި ހަތުރުވެރިކަމުގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް