ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 19:26
ފިލިޕޭ ކުޓީނިއޯ
ފިލިޕޭ ކުޓީނިއޯ
ގެޓީ އިމޭޖަސް
ފިލިޕޭ ކުޓީނިއޯ
ޔުނައިޓެޑަށް ބަދަލުވާން ކުޓީނިއޯ ބޭނުމެއް ނުވޭ
 
ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން ފިލިޕޭ ކުޓީނިއޯ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މާސާއިން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ޔުނައިޓެޑުން ކުޓީނިއޯ ހޯދަން މަސައްކަތް ކުރި ނަމަވެސް، އެ ކްލަބަށް ބަދަލުވާން އޭނާ ބޭނުންނުވާ ކަމަށެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑުގެ އިތުރުން ލިވަޕޫލްއިންވެސް މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބަދަލުވުން އެންމެ ގާތީ ލިވަޕޫލަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯ ވިއްކާލަން ބާސާއިން ބޭނުންވެއެވެ. އެގޮތުން ބާސާއިން އަންނަނީ ކުޓީނިއޯ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތައްވެސް ބަލައިގަންނަން ނިންމާފައެވެ.

ނަމަވެސް ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ، ކުޓީނިއޯއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ހުނަރު ކުރިޔަށް އޮތް ތަނުގައި ވެސް ކްލަބަށް ބޭނުންވާނެ ކަމަށެވެ.

ކުޓީނިއޯއާ އެކު ބާސާ އިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާ އިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބު ކުރުމުގެ އިތުރުން އެ ކްލަބާ އެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 75 މެޗުގައި 21 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާ އެކު ލަލީގާ އާއި ސްޕެނިޝް ސުޕާކަޕް އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
20%
20%
40%
20%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި