Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 09:48
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން
ރާއްޖެއެމްވީ
އެހެން ދީންތައް އައުމުގެ ބިރު
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
ފ. އަތޮޅުގައި މިނިވަން ދައުލަތެއް އުފައްދާނެ
ޔަހޫދީން ވަޒަންވެރިވާނެ
މިނިވަންކަން ގެއްލިގެންދާނެ

ސައުދީ އަރަބިއްޔާއަށް ފ. އަތޮޅު ވިއްކާލައިފި ނަމަ، ނުވަތަ ދީފި ނަމަ، އެތަން މެދުވެރިކޮށް ރާއްޖެއަށް އެހެން ދީންތައް އަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ޙުސައިން ވިދާޅުވީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލުގެ ތެރެއިން، ސާނަވީ ޙައްޤުތައް ވިއްކާލެވޭނެ ފުރުޞަތު ހުޅުވައިދީފައިވާ ކަމަށާ، އެހެންކަމުން، ސައްތައިން ސައްތަ މުސްލިމު ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ބިން ދިން ނަމަވެސް، އެތަނަށް އެހެން މީހުން އައިސް އެހެން ދީންތައް ފެތުރުމުގެ ފުރުޞަތު އޮތް ކަމަށެވެ.

"ޤާނޫނުއަސާސީއަށް މި ގެނައި ބަދަލާއި ގުޅިގެން އެބަ އޮތް ސާނަވީ ފަރާތަކަށް ޙައްޤުތައް ވިއްކާލެވޭނެ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ ސައުދީ އަރަބިއްޔާއިން އެ ބިން ގަތުމަށްފަހު، އެތަން ހިއްކާ، އެ އިންވެސްޓްމަންޓް ގެނައުމަށްފަހު، ނުވަތަ އެތަނުން ބިން ހިއްކުމަށްފަހު، ސައުދީ އަރަބިއްޔާއިން އިން ބޭނުންވި ކޮންމެ ބަޔަކަށް އެތަނުން ބިން ވިއްކޭނެ ވާހަކަ. ޗައިނާ ވިއްޔާ ޗައިނާއަށް އަށްވެސް ވިއްކާލެވޭ. އަދި ޔަހޫދީ ބަޔަކަށް ވިއްކާލަންވެއްޖެއްޔާ ޔަހޫދީ ކުންފުންޏަކަށްވެސް ވިއްކާލެވޭނެ. އަދި ދުނިޔޭގެ ކޮންމެ ގައުމެއްގެ ކޮންމެ ބަޔަކަށްވެސް، ވިއްކާލެވޭ ގޮތަށް ޤަނޫނުއަސާސީ އިސްލާހުކުރެވިފަ އޮތީ"، އަލީ ޙުސައިން ވިދާޅުވިއެވެ.

އަދި ހަމަ މިއާއި އެކު، ސައުދީ އާއި އެކު ހަދާ ޑީލްއެއްގެ ޒާތުން، ރާއްޖޭގެ މިނިވަންކަން ގެއްލުމަށް، ނުވަތަ ފ އަތޮޅުގެ މައްޗަށް ރާއްޖޭގެ ބާރު ގެއްލުމުގެ ފުރުޞަތު އިންތިހާއަށް އޮތްކަންވެސް އަލީ ޙުސައިން ފާހަގަ ކުރެއްވިއެވެ.

"ކިރިޔާ ނޫނެކޭ ބުންޏަސް އަޅުގަނޑުމެންގެ މިނިވަންކަން ވަގުތުން ގެއްލޭ ހިސާބަށް ގޮއްސަ އޮންނާނީ، އެހެންވީމަ ވަރަށް ނުރައްކާތެރި ކަމެއް ކުރަން އުޅޭ ވާހަކަ މި ދައްކަނީ. އަޅުގަނޑު ހަމަ ޔަޤީނާ ގާތަށް މި ބުނަނީ، ވަކި ހިސާބަކުން އަލުގަނދުމެން އެތަން ހިފަން އުޅެފިނަމަ އެމީހުން އެތާންގައި މިނިވަންކަންވެސް އިޢުލާނު ކުރާނެ"، އަލީ ޙުސައިން ވިދާޅުވިއެވެ.

ސައުދީ އާއި އެކު ފ އަތޮޅާއި ގުޅޭގޮތުން ކުރަމުންދާ މަޝްވަރާތަކަކީ 10 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިމެނޭ މަޝްރޫޢެއްގެ މަޝްވަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެފައިވާއިރު، އަލީ ޙުސައިން ވަނީ ކުރިން ރާއްޖެއަށް އައިސްފައިވާ ބައެއް ބޮޑެތި އިންވެސްޓްމަންޓްތައް ފަދައިން، މި އިންވެސްތްމަންޓްގެ އެއްބަސްވުންވެސް ގޯސްކޮށް ގޮސްފި ނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖީއެމްއާރުގެ އެއްބަސްވުން އުވާލުމުން ދިމާވި ކަންކަމަށް އިޝާރާތް ކުރައްވާ، އަލީ ޙުސައިން ވިދާޅުވީ، ފަހުން މި އެއްބަސްވުންވެސް އުވާލަން އުޅެފިނަމަ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ.

"ސައުދީ އަރަބިއާއަށް ބިން ވިއްކުމުގެ އެގްރީމެންޓްގައި ސޮއި ކުރުމަށްފަހު އެ އުވާލައިފި ކަމަށް ވާނަމަ އޭގެ ގެއްލުން މުޅި ރާއްޖެއަށް ޒަމާންތަކެއް ވަންދެން ފޯރާނެ. މި ދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫން. މި ދައްކަނީ ތާ އަބަދަށް މުޅި އުމުރަށް އަޅުގަނޑުމެންގެ ޤައުމުން ބައެއް ވިއްކާލާ ވާހަކަ"، އަލީ ޙުސައިން ވިދާޅުވިއެވެ.
 

ފ. އަތޮޅު ސައުދީ އަރަބިއްޔާއަށް ވިއްކާލައިފި ނަމަ އެތަން އެ ގައުމުގެ އަމިއްލަ ތަނަކަށް ހަދައި، މިނިވަން ދައުލަތެއް ވެސް އުފައްދާނެ ކަމަށާއި އެކަން ދުނިޔޭގައި ތިބި ބަޔަކަށް ފެންނާނެ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.

ރާއްޖެއަށް އެހެން ދީންތައް ފެތުރެއްޖެންޏާ ފެތުރޭނީ މި އިންވެސްޓްމެންޓުން ކަމަށާއި މިނިވަންކަން ގެއްލެއްޏާ ގެއްލޭނީ މި އިންވެސްޓްމެންޓުން ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ. އެހެންވެ، މިކަން ހުއްޓުވަށްޓަކައި ރައްޔިތުންނާއި، އަދި ޚާއްސަކޮށް، ފަސްގަނޑާ ދީނާ ޤައުމު ދިފާޢުކުރުމަށް އަޒުމު ކިޔައިގެން ތިބި ސިފައިން ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޔަގީން ކަށަވަރު މިނިވަން ދައުލަތެއް އުފައްދާނެ. ރާއްޖޭގެ މިނިވަންކަން ގެއްލޭނެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 މާރޗް 2017 | ބުރާސްފަތި 11:18
މީމަށޭ
އެއީ ތެދެއްހެން މަށާށްވެސް ހީވެޔޭ. މީނާއާއި މަޝްވަރާކޮށް ކަންކުރާނެ ޮތް ކިޔާދީފައި ނެތް ނަމަ އެހާ ޔަގީންކަމާއިއެކު އެވާހަކަ ދައްކަންވީ ސަބަބެއް ނުވިސްނޭ