ކ. މާލެ
|
18 ޖޫން 2019 | އަންގާރަ 13:44
މުރުސީ އަވަހާރަވެފައި ވަނީ ހޯމަ ދުވަހު ކޯޓް ރޫމުގުގައި ހުންވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
މުރުސީ އަވަހާރަވެފައި ވަނީ ހޯމަ ދުވަހު ކޯޓް ރޫމުގުގައި ހުންވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
މުހައްމަދު މުރުސީ
މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރުސީގެ ހަށިކޮޅު ގާހިރާގައި ފަސްދާނުވަޑުވައިފި
މުސްލިމް ބްރަދަރހުޑްއިން ބުނީ އަވަހާރަކޮށްލީ ކަމަށް
މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލާފައިވަނީ 2013 ވަނަ އަހަރު
މުސްލިމް ބްރަދަރހުޑް ވަނީ މަނާކުރެވިފައި

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ހަށިކޮޅު އަންގާރަ ދުވަހު ގާހިރާގެ އިރުމަތީގެ ސަހަރާއެއްގައި ފަސްދާނުލައްވާފިއެވެ.

މުރުސީ އަވަހާރަވީ ހޯމަ ދުވަހު ކޯޓް ރޫމުގުގައި ހުންވަނިކޮށް ވެއްޓިވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

"އެމަނިކުފާނުފަސްދާނު ވަޑުވާފައިވަނީ ގާހިރާގެ އިރުމަތީގައި އޮންނަ މަދީނަތް ނަސްރުގައި އާއިލާގެ ހާޒިރުގައި" ވަކީލް އަބްދުލް މުނީމް އަބްދުލް މަކްސޫދު ވިދާޅުވިއެވެ.

މުރުސީގެ ކަށުނަމާދު ކޮށްފައި ވަނީ މުރުސީގެ މަރުސާބިތުކުރި ތޯރާ ޕްރިޒަން ހޮސްޕިޓަލުގައެވެ.

މުސްލިމް ބްރަދަހުޑް ގްރޫޕްގެ ލީޑަރަކަށް ހުންނަވަނިކޮށް މިސްރުގެ ފުރަތަމަ ޑެމޮކްރެޓިކް އިންތިޚާބު މުރުސީ ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ 30 އަހަރުގެ ޚުދުމުޚުތާރު ވެރިޔާ މުހައްމަދު ހުސްނީ މުބާރަކްގެ ވެރިކަން އަރަބި ރަބީއުގައި 2011 ވަނަ އަހަރު ވައްޓާލިތާ އަހަރެއް ފަހުން 2012 ވަނަ އަހަރުއެވެ.

މުރުސީގެ ވެރިކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކޮށް މިހާރުގެ ރައީސް އަދި އަސްކަރިއްޔާގެ އޭރުގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލްސީސީ އިސްވެ ހިންގެވި ބަޣާވާތާ އެކު މުރުސީގެ ވެރިކަން 2013 ވަނަ އަހަރުގެ ޖުލައިމަހު ވެއްޓުމާއެކު މުރުސީވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން އަވަހާރަވުމާ ހަމައަށް ވެސް ހުންނެވި ޖަލު ބަންދުގައެވެ.

މިސްރުގައި މިހާރު މަނާކުރެވިފައިވާ މުސްލިމް ބްރަދަރހުޑް ޖަމާއަތުން ވަނީ މުރުސީގެ މަރަކީ ސީދާ އަވަހާރަކޮށްލުމެއްކަމަށް ބުނެ ޖަނާޒާއަށް މީހުން އެއްވުމަށް ގޮވާލާފައެވެ.

- ކޮމެންޓް