Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 04:39
ފަތުރުވެރިޔާ ދިރިއުޅެމުންދިޔަ ގެސްޓްހައުސް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ
ފަތުރުވެރިޔާ ދިރިއުޅެމުންދިޔަ ގެސްޓްހައުސް ކައިރީ ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ފަތުރުވެރިއަކު ހައްޔަރުކުރުން
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ ފަތުރުވެރިއެއް، ނޫސްވެރިއެއް ނޫން
ފަތުރުވެރިޔާ ފުލުހުންނަށް އެއްބާރުލުން ދިން

ކޯޓު އަމުރަކާއި އެކު އެމްޑީޕީގެ ހަރުގެއަށްވަދެ، ބުދަދުވަހުގެރޭ ފުލުހުން ހިންގި އޮޕަރޭޝަން އާއި ގުޅޭ ގޮތުން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަލްއުސްތާޛް އަނަސް އަބްދުލްސައްތާތު މީޑިއާއަށް މަޢުލޫމާތު ދެއްވި ވަގުތު އެމްޑީޕީ ހަރުގޭގެ ފޮޓޯ ނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބުދަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ އިރާނަށް އުފަން ޑަޗް ރައްޔިތެއް ކަމަށްވާ، އުމުރުން 33 އަހަރުގެ ހާމޫން ނަސީރީ ހޮނާވާއެވެ. އަދި އޭނާ އަކީ އެއްވެސް ނޫސް އެޖެންސީ އަކާއި ގުޅުން އޮންނަ ފަރާތެއް ނޫން ކަމާއި، އޭނާ އަކީ ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި އައިސް އުޅޭ ފޮޓޯގްރަފީ ކިޔަވާ ދަރިވަރެއް ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިތުބާރު ހުރި ފަރާތަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އޭނާ ހުއްޓުވައި، ބަލާ ފާސްކުރިއިރު އޭނާގެ ކެމެރާއިން ފުލުހުން ހިންގަމުން ދިޔަ ރެއިޑްގެ ފޮޓޯ ފެނިފައެއް ނުވެއެވެ. ނަމަވެސް އޭނާ ވަނީ ފުލުހުންނަށް އެއްބާރުލުންދީ، ފޮޓޯތައް ހުރި މެމޮރީ ކާޑު ފުލުހުންނާއި ހަވާލުކޮށްފައެވެ.

އޭނާ މާލޭގައި ހުރި ގެސްޓްހައުސް އިން އޭނާ ހައްޔަރުކޮށްގެން ގެންދިޔަ މަންޒަރު ރާއްޖެއެމްވީގެ ނޫސްވެރިންނަށް ފެނިފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އެނާ ގެންގޮސްފައިވަނީ، އޭނާގެ ހުރިހާ ތަކެއްޗާއިވެސް އެކުއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިސަރަށް ގުޅުމުން، މީޑިއާ އޮފިސަރ ފޯނު ނުނަންގަވާތީ، ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މީގެ ކުރިން މިފަދަ ބައެއް މައްސަލަތަކުގައި ހައްޔަރުކުރި ބިދޭސީން ވަނީ ރާއްޖެއަށް ނާދެވޭގޮތަށް ޑީޕޯޓްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
2 މާރޗް 2017 | ބުރާސްފަތި 11:20
މީމަށޭ
ތީ ހަމަ ރީދޫ ކުދިން ސްޓަންޓް ޖައްސަން ގެނެސްގެން އުޅޭ މީހަކަށް ވާނީ