Advertisement
ކ. މާލެ
|
2 މާރޗް 2017 | ބުރާސްފަތި 01:37
ފުލުހުން އެމްޑީޕީ ހަރުގެ ޗެކް ކުރަނީ
ފުލުހުން އެމްޑީޕީ ހަރުގެ ޗެކް ކުރަނީ
ރާއްޖެއެމްވީ
ހަރުގެ ފާސްކުރުން
ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ އެމްޑީޕީގެ ހަރުގެ ފާސްކޮށްފި
ކޯޓް އަމުރުގައި ބަލައި ފާސްކުރަން 10 ގަޑިއިރު ދީފައިވޭ

ސައުދީ ރަސްގެފާނަށް ހުރަސް އަޅަން އުޅޭކަމަށް ބުނެ ކޯޓް އަމުރެއްގެ ދަށުން ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެ އެތަން ބަލައިފި ފާސްކޮށްފި އެވެ. 

ހަރުގެ ބަލައިފާސްކުރަން 10 ގަޑީއިރަށް ކޯޓް އަމުރު ދީފައިވާއިރު،  ފުލުހުން ބަލައި ފާސްކުރުމުގެ ހޭދަކުރީ ގާާތްގަނޑަކަށް ދޮޅު ގަޑިއިރެވެ. ބަލައި ފާސްކުރުމަށް ފަހު ފުލުހުން ގެންދިޔައީ، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި ގޮތުގައި ފޮތި ރޯލްތަކާއި، ބެޓިކާއި ހަރުކޮށްފައި ހުރި ސައުންޑް ސިސްޓަމެވެ. 

 

ފުލުހުން ގެނައި ކޯޓު އަމުރުގައި ބަލާ ފާސްކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ ޢާއްމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފް ޢަމަލްތައް ހުއްޓުވުމުގެ ޤާނޫނާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފް ޢަމަލްތަކާއި ޢާއްމު މަސްލަހަތައް ގެއްލުން ހުރި ޢަމަލުތައް ކުރުން ކަމަށެވެ. 

ބަލާ ފާސްކުރަން ބޭނުންވާ ތަންތަނާއި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ ހަރުގެ ހުރި ގެއާއި އެގޭގައި ހަދާފައިވާ ހަރުގޭގައި ތިބޭ މީހުންނާ އެތަނަށް ޒިންމާވާ ފަރާތްތަކެވެ. 

ފުލުހުން އެމްޑީޕީއަށް ހަރުގެއަށް ވަދެފައި މިވަނީ ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނާއި ޢިއްޒަތްތެރިން ރަސްމީ ދަތުރުފުޅުތަކުގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު  އެދަތުރުފުޅުތަކާއި ދިމާކޮށް އެޤައުމުތަކުގެ ސިޔާދަތާއި، ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޢިއްޒަތާއި ގަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެ ބުދަދުވަހު ބަޔާނެއް ނެރުމަށް ފަހުގައެވެ.

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާނު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މި ބަޔާނަކީ ބަޔަކަށް ދިން އިންޒާރެއް ނޫން ކަމަށެވެ. ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ މިނިވަންކަމާއި ހައްގުތައް ބޭނުންކުރަން ދިވެހި ފުލުހުން ފުރުސަތު ދޭނެ ކަމަށް ޝިފާނު ވިދާޅުވި އެވެ. ނަމަވެސް އެއަށް ވުރެ ގިނައިން ޝިފާޒު ވިދާޅުވީ ރާއްޖެއަށް ވަޑައިގަންނަވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރިޔަ ނުދޭނެ ކަމަށެވެ. އެމްޑީޕީގެ ހަރުގެ ބަލައި ފާސްކުރަނީ، ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތަށް ކަންކަން ތަންފީޒުކުރަމުން ގެންދިޔުމަށާއި އެކަން ކަން ކަށަވަރުކުރުމަށް ކަމަށް ވެ

އެމްޑީޕީގެ ހަރުގެއަށް ވަނުމާއި ފ. އަތޮޅު ވިއްކުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އަދި ފުލުހުން ނެރުނު ބަޔާނާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ "ރަތަށް" އަރާފަ އެވެ. 

 

އަނަސް ވިދާޅުވި ގޮތުގައި ހަރުގެއިން ފުލުހުން ގެންދިޔަ ތަކެއްޗަކީ ސައުދީ ރަސްގެފާނުގެ ކަރާމާތާއި، ސައުދީގެ ސިޔާދަތަށް އުނިކަމެއް އަންނާނެ ފަދަ ތަކެއްޗިއްސެއް ނޫން ކަމަށެވެ. މިހާރު އެތަނުގައި ހިންގަމުން ގެންދަނީ ލޯކަލް ކައުންސިލްގެ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އޭނާ 

ހަރުގެ އަކީ ސިޔާސީ ހަރަކާތް ހިންގާ ތަނެއް ކަމަށާއި އެތަނަށް ފުލުހުން ވަދެ ތަކެތި ގެންދިއުމަކީ ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އެޅުން ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް