އިންޓަ ސްކޫލް އެތުލެޓިކްސް މީޓްގައި 29 ސްކޫލަކުން ބައިވެރިވެއްޖެއެވެ.
މި މަހުގެ 23 އިން 27 އަށް ދ.ތިނަދޫގައި ބާއްވާ އެތުލެޓިކްސް މީޓްގައި 29 ސްކޫލެއްގެ 104 ޓީމު ބައިވެރިވެފައިވާއިރު، 565 އެތުލީޓުން ވާދަކުރާނެއެވެ.
މުބާރާތުގައި 8 ޢުމުރުފުރާގައި ޓީމްތަކުން ބައިވެރިވެފައިވާ ގޮތަށް ބަލާއިރު، 13 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 14 ޓީމް، 13 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރާގައި 13 ޓީމް، 15 އަހަރުންދަށުގެ އަންހެން އުމުރުފުރާގައި 12 ޓީމް، 15 އަހަރުން ދަށުގެ ފިރިހެން އުމުރުފުރާގައި 14 ޓީމް، 17 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައި 5 ޓީމް، 17 އަހަރުން ދަށުގެ ފިރިހެން ޢުމުރުފުރާގައި 10 ޓީމް، 19 އަހަރުން ދަށުގެ އަންހެން ޢުމުރުފުރާގައި 2 ޓީމް، އަދި 19 އަހަރުންދަށުގެ ފިރިހެން ޢުމުރުފުރުރާގައި ފަސް ޓީމު ވާދަކުރާނެއެވެ.
މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ސިޓީގެ އައްޑޫ ހައި ސްކޫލް، ފޭދޫ ސްކޫލް، ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، ކެންގަރޫ ކިޑްސް ހުސައިނިއްޔާ ޕްރީ ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ފުވައްމުލަކު ސިޓީގެ ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، ގދ. އަތޮޅުގެ ގދ. އަތޮޅު މަދަރުސާ، ތިނަދޫ އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ގއ. އަތޮޅުގެ ދާންދޫ ސްކޫލް، ގެމަނަފުށީ ސްކޫލް، ލ އަތޮޅުގެ މާމެންދޫ ސްކޫލް، މާވަށު ސްކޫލް، ދ. އަތޮޅުގެ ދ. އަތޮޅު މަދަރުސާ، އަދި މާލޭ ސިޓީގެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އެވެ.
މުބާރާތުގެ އިވެންޓްތައް ކުރިޔަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 10:00 އަށް އަދި ހަވީރު 16:00 އިން 18:00 އަށް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ.
2018 ވަނަ އަހަރު ފުވައްމުލަކުގައި ބޭއްވުނު 21 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ބައިވެރިވެފައިވަނީ 26 ސްކޫލެއްގެ 54 ޓީމުން 424 އެތުލީޓުންނެވެ.