ކ. މާލެ
|
16 ޖޫން 2019 | އާދީއްތަ 02:46
ރަންވީރާ ދިޕިލާ 83 ގެ ޑައިރެކްޓަރު ކަބީރްހާންއާ އެކު
ރަންވީރާ ދިޕިލާ 83 ގެ ޑައިރެކްޓަރު ކަބީރްހާންއާ އެކު
އިންސްޓަގްރާމް
ފިލްމު 83
ދިޕިކާ ''83'' ކުޅެނީ 14 ކްރޯޑަށް؟
ދިޕިކާ ފެނިގެން ދާނީ ރަންވީރުގެ އަންހެނުންގެ ރޯލުން
އިއުލާން ކުރީ އިންސްޓަގްރާމް މެދުވެރިކޮށް

ކަބީރްހާން ޑައިރެކްޓް ކުރާ ފިލްމު ''83''ކުޅެން ދިޕިކާ އެއްބަސް ވެފައިވަނީ 14 ކްރޯޑް ރުޕީސް ( ދެ މިލިއަން ޑޮލަރު) އަށް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ކްރިކެޓް ޓީމުން 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑްކަޕް ކާމިޔާބު ކުރަން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ހަދާ އެ ފިލްމުގައި ދިޕިކާގެ ފިރިމީހާ ރަންވީރު ސިންހް ފެނިގެން ދާނީ އޭރު ޓީމްގެ ކެމްޓަން ކަޕީލް ދޭވްގެ ރޯލުންނެވެ.

ރާމްލީލާ، ޕިކޫ، ބާޖީރާއޯ މަސްތާނީ، ޕަދްމާވަތް، ގެ އިތުރުން ވަރަށް އަވަހަށް ރީލީޒް ކުރަން ހަމަޖެހިފައިވާ ޗައްޕާކްގައި ބަތަލާގެ ރޯލް ކުޅެފައިވާ ދިޕިކާ މި ފިލްމުގައި ފެނިގެންދާނީ ސަޕޯޓިން ރޯލުންނެވެ. އެއީ ކަޕީލްގެ އަންހެނުން ރޯމީ ބާތިއާގެ ރޯލުންނެވެ.

ފިލްމުގައި ސަޕޯޓިން ރޯލު ކުޅެން ދިޕިކާ އެއްބަސްވުމުން ގިނަ ބަޔަކު ވަނީ އެކަމާ ހައިރާންވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދިޕިކާ އެ ފިލްމު ކުޅެން އެއްބަސްވީ ފިލްމުގައި ރަންވީރު ހަރަކާތްތެރިވުމުގެ އިތުރުން އޭނާ އަށް އެ ފިލްމުން ބޮޑު އާމްދަނީއެއް ލިބޭތީއެވެ.

ފިލްމުގައި ދިޕިކާ ހަރަކާތްތެރިވާނެކަން އިއުލާން ކޮށްފައިވަނީ އިންޓަގްރާމް މެދުވެރިކޮށް ފިލްމުގެ ޑައިރެކްޓަރު ކަބީރް ހާންއެވެ.

ރިލެޔަންސް އެންޓަޓައިންމެންޓާ ނާދިއަދްވާލާގެ ޕްރޮޑަކްޝަން ގުޅިގެން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ މި ފިލްމަކީ ބޮޑު ކާސްޓެއް މައްޗަށް ހަދާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ 1983 ވަނަ އަހަރު އިންޑިއާއިން ވޯލްޑް ކަޕް އުފުލާލުމަށް ކުރި މަސައްކަތެވެ. އޭރުގެ ޓީމްގައި ތިބި ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ފެނިގެންދާނެ ކަމަށް ފިލްމު އުފެއްދި ފަރާތުން ވަނީ ބުނެފައެވެ.

ފިލްމުގައި ކަޕީލް ދޭވްގެ ރޯލް އަދާކުރާ ރަންވީރަށް ކުރިކެޓް ޓްރެއިންން ދީފައިވަނީ އިންޑިއާގެ ކުރީގެ ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ބަލްވިންދަރު ސަންދޫއާ ޔަޝްޕަލް ޝަރްމާއެވެ.

ފިލްމުގެ ޑައިރެކްޓަރު ކަބީރްހާން ބުނީ، ފިލްމުގެ ގިނަ މަންޒަރު ނަގާފައިވަނީ އިނގިރޭސިވިލާތުގެ ކްރިކެޓް ސްޓޭޑިއަމް ތަކުގައި ކަމަށެވެ.

- ކޮމެންޓް