Advertisement
ކ. މާލެ
|
1 މާރޗް 2017 | ބުދަ 22:52
ސައުދީ ރަސްގެފާން ރައީސް ޔާމީނާއެކު: ރަސްގެފާނު މިމަހު ވަޑައިގަންނަވާނެ
ސައުދީ ރަސްގެފާން ރައީސް ޔާމީނާއެކު: ރަސްގެފާނު މިމަހު ވަޑައިގަންނަވާނެ
އަލްއަރަބިއްޔާ
ފުލުހުންގެ އިންޒާރު
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
އެޤައުމުތަކުގެ ސިޔާދަތާއި، ޢިއްޒަތްތެރިންގެ ޝަރަފާއި ޢިއްޒަތާއި ގަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބޭ:ފުލުހުން

ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އެކިއެކި އިއްޒަތްތެރިންގެ ޝަރަފާއި ޢިއްޒަތާއި ޤަދަރަށް އުނިކަން އަންފަދަ ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް ކުރަން އުޅޭ ފަރާތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފިއެވެ.

ރާއްޖެ ވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް ފުލުހުންގެ ބަޔާނުގައި ހާމަކޮށްފައި ނެތް ނަމަވެސް، ފ. އަތޮޅު ވިއްކާލުމުގެ އެއްބަސްވުމުގައި ސޮއިކުރަން 1،500 ބޭފުޅުންގެ ވަފުދަކާއެކު ސައުދީ އަރަބިއްޔާގެ ރަސްގެފާނު މި މަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ. 

ފުލުހުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ އެކިއެކި ޤައުމުތަކުގެ ވެރިންނާއި ޢިއްޒަތްތެރިން ރަސްމީ ދަތުރުފުޅުތަކުގައި ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެދަތުރުފުޅުތަކާއި ދިމާކޮށް އެޤައުމުތަކުގެ ސިޔާދަތާއި، ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިންގެ ޝަރަފާއި ޢިއްޒަތާއި ގަދަރަށް އުނިކަން ލިބޭފަދަ ޢަމަލުތަކެއް ހިންގުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އުފުލުހުން ނުދެ އެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަށް ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ ޢަމަލެއް ހިންގަން އުޅުނު ފަރާތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާނެކަންވެސް އަންގާ ކަމަށެވެ.

މިފަދަ އިންޒާރެއް ފުލުހުން ދީފައިވާއިރު ފ އަތޮޅަށް ވާގޮތް ނޭނގޭތީ އަންނަ ހުކުރު ދުވަހު ބަޔަކު ދަނީ މުޒާހަރާ ކުރަން ރާވަމުންނެވެ.

ފ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އުމަރު ޒާހިރު ވިދާޅުވީ އެފަދަ ހަރަކާތެއް ކުރުމަށް ރާވަމުންދާކަން އެނގޭ ކަމަށާއި އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަހު ކަމަށެވެ. މިކަން ކުރަނީ ފ އަތޮޅު ވިއްކާލުމުގެ ވާހަކަ ފެތުރިފައިވާއިރު އެކަން ހިނގާ ގޮތް އަތޮޅުގެ ރައްޔިތުންނަށް މިހާތަނަށް ސާފުކޮށްދީފައިނުވަތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތުގައި އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑުމަތީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
1 މާރޗް 2017 | ބުދަ 19:57
ވިސްނަންޖެހެ
މި ރާއްޖޭގެ ސިޔާދަތޭ ގެއްލެނީ. އަބަދު ހަގުރާމައިގަ އުޅޭ މެދުއިރުމަތީ މީހުން މިތާ ބޭތިއްބީމަ ވާނެގޮތް ހިތައްގެންނަންވެސް ދަތި. އައިއެސް މީހުން ބޮންގޮއްވައިފިއްޔާ ކިހިނެއްހަދާނީ. މި ރާއްޖެ ދިޔައީ، ޓޫރިޒަމް ދިޔައީ. ދެން ހުސްބަޑާ ފަލަސްތީނާ ސީރިޔާކުދިން ތިބޭހެން ތިބޭނީ ދޯ