ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފ. ނިލަންދޫ ބަލިކޮށް، އަލަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ދަ ގްރާންޑޭއިން ފެށުން ރަނގަޅުކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ނިލަންދޫއާ ވާދަކޮށް ދަ ގްރާންޑޭއިން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ޝަރަފުވެރިކޮށްދިން މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އަހުމަދު އިމާޒް (އާއްކޮ) ދިން ބޯޅައަކުން ކާމިޔާބުކުރީ އަހުމަދު ވިޖުދާން (ވިޖޫ)އެވެ.
މި ލަނޑަށް ފަހު ވެސް ދަ ގްރާންޑޭއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ދަ ގްރާންޑެއިން ލީޑު ފުލާކުރީ 82 ވަނަ މިނެޓުގައި ތޮލާލް ނަސީރު ކާމިޔާބުކުރި ލަނޑުންނެވެ.
ލީގުގައި ވާދަކުރާ ހުރިހާ ކްލަބްތައް އޭއެފްސީ ކްލަބް ލައިސަންސް ނަގަންޖެހޭއިރު، އެޓީމަށް ލިޔެކިޔުންތައް ބުރާސްފަތި ދުވަހުއެވެ. އެގޮތުން އަހުމަދު މުޖުތަބާ (ފެސްކޯ) ގެ އިރުޝާދުގެ ދަށުން ނިލަންދޫއިން މެޗަށް ނިކުތީ ކޮންޑިޝަނަލް ލޯކަލް ލައިސަންސެއް އެފްއޭއެމުން ހަމަޖައްސައިދިނުމާއެކުގައެވެ.
ލީގުގައި ހޮނިހިރު ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ. ފޯކައިދޫ އާއި ޔުނައިޓެޑް ވިކްޓްރީއެވެ.