ކ. މާލެ
|
14 ޖޫން 2019 | ހުކުރު 18:16
ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ގޫގުލް
ރިޝީ ކަޕޫރު
ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ރިޝީ ކަޕޫރުގެ ހާލު ރަނގަޅު!
ރިޝީ ފަރުވާ ހޯދަމުން ދަނީ ކޮން ބައްޔަކަށް ކަމެއް ކުރިން ހާމަކޮށްފައެއް ނުވޭ

ބޮލީވުޑް އެކްޓަރ ރިޝީ ކަޕޫރު ކެންސަރުގެ ބައްޔަށް ނިޔުޔޯކްގައި ފަރުވާ ހޯދަމުން ދާއިރު އޭނާގެ ސިއްޙި ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އައިއޭއެންއެސަށް ދިން އިންޓަވިއުއެއްގައި ރިޝީގެ ބޭބެ ރަންދީރު ކަޕޫރު ބުނެފައިވަނީ ރިޝީގެ ޓްރީޓްމަންޓް އަދި ނުނިމޭ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެނބުރި އިންޑިއާއަށް ދާނެ ކަމަށެވެ. އަދި ރިޝީ މިހާރު ކެންސަރުން ސަލާމަތް ވެފައިވާ ކަމަށް ރަންދީރު ވަނީ ބުނެފައެވެ.

ފާއިތުވި 10 މަސް ދުވަހު ނިއުޔޯކުގައި ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ނަމަވެސް އެއީ ކޮން ބައްޔެއް ކަމެއް އާއިލާއިން ކުރިން ހާމަކޮށްފައެއް ނުވެއެވެ.

ރިޝީގެ އަންހެނުން ނީތޫ ކަޕޫރުވެސް ވަނީ ރިޝީ އާއި އެކު ނިއުޔޯކްގައެވެ. އަދި އާއިލާ އާއި ރައްޓެހިންނާއި އެކުގައި ނިއުޔޯކްގައި ނަގަފާއިވާ ފޮޓޯތައް ފޭނުންނާއި ހިއްސާކޮށްފައިވެއެވެ.

ރިޝީއަށް ހާލު ބެލުމަށް ގިނަ ތަރިންވެސް އޭނާއަށް ޒިޔާރަތްކުރަމުންދެއެވެ. އެގޮތުން ޝާހުރުކް ޚާން، ދީޕިކާ ޕަޑުކޯން، އަދި ޕްރިޔަންކާ ޗޯޕްރާވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް