ބޮލީވުޑުގައި ކާމީޔާބީތަކެއް ހޯދާފައިވާ ފިމްލު ބާގީގެ ސީކުއެލް ފިލްމު ކަމަށްވާ 'ބާގީ 3'ގެ ތަރިން ހަމަޖައްސައިފި އެވެ.
މިފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ ރިތޭޝް ދޭޝްމުކް، ޓައިގަރ ޝްރޮފް، އަދި ޝްރަދާ ކްޕޫރު އެވެ.
ޝްރައްދާ ވަނީ ޓައިގާ ޝްރޯފްއާ އެކު މި ސީކުއެލްގެ ފުރަތަމަ ފިލްމް "ބާގީ" ގެ ބަތަލާގެ ރޯލު ކުޅެފައެވެ.
މި ފްރެންޗައިސްގެ ދެވަނަ ފިލްމް "ބާގީ 2" ގެ ލީޑް ރޯލުން ޓައިގާއާ އެކު ފެނިގެން ގޮސްފައި ވަނީ އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީއެވެ.
ފިލްމްގެ ޕްރޮޑިއުސަރު ނަދިއާދް ވާލާ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޝްރައްދާ އާއި ޓައިގާގެ ޕެއަރ "ބާގީ" ގައި ވެސް ވަރަށް ގުޅޭ ކަމަށާއި މި ސީކުއެލްގެ ފޭނުން ވެސް އެ ދެ ތަރިން އެކުގައި ބަލައިލުމަށް ކެތްމަދުވެފައި ތިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަނީ ބުނެފައެވެ.
މި ފިލްމް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ "ބާގީ 2" ވެސް ޑައިރެކްޓަރ އަހުމަދު ޚާންއެވެ.
"ބާގީ 2" ވެގެން ގޮސްފައި ވަނީ 2018 ވނަ އަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އަދި މި ފިލްމް ވެގެން ގޮސްފައިވަނީ ޓާއިގާގެ ކެރިއަރގައި އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރއިން ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ލިބިގެންދިޔަ ފިލްމަށެވެ. މި ފިލްމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 250 ކްރޯޑަށް އަރާފައެވެ.
ޓައިގާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިންނެވެ. މީގެ އިތުރުން ޓައިގާ ދަނީ ރިތިކް ރޯޝަންއާ އެކު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެ ފިލްމްގެ ނަން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި ފިލްމަކީ ޔަޝް ރާޖް ޕްރޮޑަކްޝަން އިން އުފައްދާ ފިލްމެކެވެ.
ޝްރައްދާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ރާޖްކުމާރު ރާއޯއާ އެކު ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ކާމިޔާބު ފިލްމެއް ކަމަށްވާ "ސްޓްރީ" އިންނެވެ.