ކ. މާލެ
|
12 ޖޫން 2019 | ބުދަ 09:36
ސަލްމާން ހާން އާއި ސާޖިދް ނަދިއަދްވާލާ
ސަލްމާން ހާން އާއި ސާޖިދް ނަދިއަދްވާލާ
އެންޑީޓީވީ
ކިކް 2
"ކިކް"ގެ ދެވަނަ ބައިވެސް ޑައިރެކްޓް ކުރާނީ ސާޖިދު ނަދިއަދްވާލާ!
އެހެން ބަޔަކު ފިލްމުގެ ޕްރޮޑަކްޝަނާ ހަވާލުވި ވާހަކަ ވަނީ ދޮގުކޮށްފައި

ބޮލީވުޑްގެ ސުޕާސްޓާ ސަލްމާން ހާންގެ ހެއްވާ މަޖާ ފިލްމު "ކިކް"ގެ ދެވަނަ ބައި ''ކިކް 2'' ޑައިރެކްޓް ކުރާނީ ފުރަތަމަ ފިލްމު ވެސް ޑައިރެކްޓް ކުރި ސާޖިދް ނަދިއަދްވާލާ ކަމަށް ނަދިއަދްވާލާ ގްރޭންޑްސަން ޕްރޮޑޮކްޝަނުން ބުނެފިއެވެ.

އެ ފިލްމު ސާޖިދް ޑައިރެކްޓް ކުރާނެ ކަމަށް ބުނެފައި މި ވަނީ އެ ފިލްމު ޑައިރެކްޓް ކުރާނީ މަޝްހުރޫ އެކްޝަން ފިލްމުތައް އުފައްދާ ރޯހިތު ޝެޓީ ކަމަށް މީޑިއާތަކުގައި އަޑުތަކެއް އަރާފައިވަނިކޮށެވެ.

އަންގާރަ ދުވަހު ނަދިއަދްވާލާ ގްރޭންޑްސަން އިން ކުރި ޓްވީޓެއްގައި ބުނީ، ''ކިކް 2'' ގެ ޑައިރެކްޝަނާ އެހެން ބަޔަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ފިލްމު ޑައިރެކްޓް ކުރާނީ އެ ޕްރޮޑަކްޝަނުން ކަމަށް ވެސް ޓްވީޓްގައި ބުނެފައި ވެއެވެ.

ފިލްމާ ބެހޭ އިތުރު މައުލޫމާތެއް ޓްވީޓްގައި ހިމާނަފައެއް ނުވެއެވެ.

"ކިކް 2" އިއުލާން ކުރި ހިސާބުން ސާޖިދް ދަނީ ފާއިތުވި އަހަރެއްހާ ދުވަސް އެ ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުންނެވެ.

2014 ވަނަ އަހަރު ނެރުނު އެކްޝަން ކޮމިޑީ ފިލްމު "ކިކް" އަކީ 2009 ވަނަ އަހަރު ހަމަ އެ ނަމުގައި ހަދާފައިވާ ތެލަގޫ ފިލްމުގެ ކޮޕީއެކެވެ.

ހިންދީ ''ކިކް'' ވެގެން ގޮސްފައިވާނީ ގިނަ ބަޔަކަށް ކަމުދިޔަ ހިތްގައިމު ފިލްމެއްގެ ގޮތުގައެވެ. ސަލްމާން ހާން، ޖެކްލީން ފެނާންޑެޒްގެ އިތުރުުން ނަވާޒުއްދީން ސިއްދީގީ ނުބައި ރޯލުން ފެނިގެންދިޔަ އެ ފިލްމުވެގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނެރުނު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ފިލްމެއްގެ ގޮތުގައެވެ. ވަކިން ހާއްސަކޮށް ނަވާޒުއްދީން އަދާކުރި ރޯލަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

ފިލްމު ކްރިޓިކްސް ބުނާ ގޮތުން އެ ފިލްމަކީ މި ފަހުން ފެނުނު ސަލްމާންގެ އެންމެ ކާމިޔާބު ފިލްމެވެ.

- ކޮމެންޓް