ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 23:51
\"ފްރޯޒަން 2\"ގެ ޓްރެއިލަރގެ މަންޒަރެއް
"ފްރޯޒަން 2"ގެ ޓްރެއިލަރގެ މަންޒަރެއް
ޑިޒްނީ
ފްރޯޒަން 2
"ފްރޯޒަން 2"ގެ ޓްރެއިލަރ ރިލީޒްކޮށްފި
"ފްރޯޒަން" ރިލީޒްކޮށްފައިވަނީ 2013 ވަނަ އަހަރު
އެ ފިލްމަށް 1.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައި
"ފްރޯޒަން 2" ރިލީޒް ކުރަން ހަމަޖެހިފައިވަނީ 22 ނޮވެމްބަރުގައި

ކުޑަ ކުދިންގެ ތެރޭގައި މަގްބޫލުވި "ފްރޯޒަން" ފިލްމްގެ ދެވަނަ ބައިގެ ޓްރެއިލަރ ރިލީޒްކޮށްފިއެވެ.

"ފްރޯޒަން 2"ގެ ޓްރެއިލަރ ރިލީޒްކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އަދި މި އެނިމޭޓެޑް ފިލްމް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

2013 ވަނަ އަހަރު ރިލީޒް ކުރި "ފްރޯޒަން"ގައި ފެނިގެން ދަނީ ދައްތައަކާއި ކޮއްކޮއެއްގެ ވާހަކައެވެ. 'އަނާ'ގެ ދައްތަ، 'އެލްސާ'އަކީ ސުޕަރނެޗުރަލް ބާރެއް ހުންނަ ކުއްޖެކެވެ. ނަމަވެސް، އެއްބަނޑު އެއްބަފާ މި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް މި ބާރު ލިބިފައިވާ ސަބަބެއް އެ ފިލްމަކުން ނޭނގެއެވެ.

"ފްރޯޒަން 2"ގެ ޓްރެއިލަރ އިން ދައްކާ ގޮތުގައި، މި ފިލްމްގައި އެ ވާހަކަތައް ކިޔާދޭނެއެވެ. އަދި، ކޮންމެވެސް ސަބަބަކާ ހުރެ، ދުނިޔެ ސަލާމަތް ކުރަން އެލްސާގެ ބާރު ބޭނުން ކުރަން ޖެހިގެން އުޅޭކަންވެސް ޓްރެއިލަރ އިން އިނގެއެވެ.

"ފްރޯޒަން 2"އަށް އޭގެ އޮރިޖިނަލް ޑައިރެކްޓަރ ޖެނިފަރ ލީ އާއި ސޯންގްރައިޓަރސް ކްރިސްޓަން އެންޑަސް-ލޮޕެޒް އާއި ރޮބަރޓް ލޮޕެޒް އަނބުރާ ގޮސްފައިވާއިރު، "ފްރޯޒަން" އަށް އަޑު އަޅާފައިވާ ހުރިހާ ތަރިންތައް ވެސް އަނެއްކާ އިވިގެންދާނެއެވެ.

"ފްރޯޒަން" ފިލްމް ވެގެން ދިޔައީ ގިނަ ބައެއްގެ ތެރޭގައި މަގްބޫލު ފިލްމަކަށެވެ. އަދި 1.3 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވާއިރު، އެ ފިލްމް ވަނީ ދެ އޮސްކާ އެވޯޑް ވެސް ހާސިލްކޮށްފައެވެ. މި ވާހަކައިގެ ބްރޯޑްވޭ އެޑެޕްޓޭޝަންއެއްވެސް މިހާރު ތައްޔާރުކޮށްފައިވާ އިރު، އެ ޕްލޭއަށް ވަނީ ތިން ޓޯނީ އެވޯޑް ލިބިފައެވެ.

މި ފިލްމްގެ ކާމިޔާބީގެ ސަބަބުން ދެވަނަ ބައެއް ވޭހަކަ 2013 ވަނަ އަހަރުވެސް ދެކެވިފައިވާއިރު، "ފްރޯޒަން 2" ރިލީޒް ކުރަން އެހާ ގިނަ ދުވަސް ނެގީ ރަނގަޅު ސްކްރިޕްޓެއް ތައްޔާރު ކުރުމަށެވެ.

- ކޮމެންޓް