ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 23:53
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ
ޕީޕަލް މެގަޒިން
ނިކް ޖޮނަސް
ނިކް ޖޮނަސްއަކީ ހިންދީ ލަވަތަކުގެ ފޭންއެއް!
މި ދެތަރިން ކައިވެނި ކުރީ 2018ގައި

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި، އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާއާއި 2018 ވަނަ އަހަރު ކައިވެނި ކުރި އެމެރީކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސްއަކީ ބޮލީވުޑު ލަވަތަކަށް ވަރަށް ލޯބިކުރާ މީހެއް ކަމަށް އޭނާ ބުނެފިއެވެ.

އެގޮތުން އޭނާއަކީ ހިންދީ ލަވަތަކަށް ވަރަށް ލޯބި ކުރާ މީހެއް ކަމަށާއި ހިންދީ ލަވަތަކުގެ ފޭންއެއް ކަމަށް ނިކް ވަނީ ބުނެފައެވެ.

އިންޓަރގްރާމްގައި ނިކްގެ ފޭންއަކު އޭނާއަށް އެންމެ ކަމުދަނީ ހިންދީ ކޮން ލަވައެއްތޯ ސުވާލުކުރުމުން ނިކް ބުނެފައިވަނީ، ސޯނޫ ކި ޓިއްޓޫ ކި ސުވިޓީ ފިލްމުގައި ހިމެނޭ 'ބޮމް ޑިގީ' ލަވައާއި އޭނާގެ އަންހެނުން ޕްރިޔަންކާގެ ފިލްމު ދޯސްތާނާގެ 'ދޭސީ ގާލް' ކަމަށެވެ.

ނިކްއާއި ޕްރިޔަންކާ ކައިވެނިކޮށްގެން ދުވަސްތަކެއް ހޭދަވެފައިވާއިރުވެސް ދެމީހުންގެ އުމުރުގެ ތަފާތާއި ގުޅިގެން ގިނަ ބަޔަކު އަދިވެސް ވާހަކަދައްކައެވެ. އަދި އެކަމަށް ޕްރިޔަންކާ ވަނީ ވަރަށް ފަހުން ރައްދުވެސް ދީފައެވެ.

ޕްރިޔަންކާއާއި ނިކްގެ ކައިވެނީގެ ގުޅުން ވަރަށް ވަރުގަދަކޮށްދައްކާއިރު ދެ ފަރާތުގެ އާއިލާގެ ގުޅުންވެސް ވަރަށް ވަރުގަދައެވެ. އެގޮތުން ޕްރިޔަންކާގެ މަންމަ، އަދި ކޮއްކޮއާއި އެކު ވަގުތު ހޭދަކުރުމަށް ނިކް ހުންނަނީ އަބަދުވެސް ކެތް މަދުވެފައެވެ.

ކައިވެންޏަށް ދެން އެންމެ އަވަހަށ ޕްރިޔަންކާ ފެނިގެންދާނީ 'ދަ ސްކައި އިޒް ޕިންކް'އިންނެވެ. ޝޮނާލޯ ބޯސް ޑައިރެކްޓްކުރާ މިފިލްމުގައި ދެން ފެނިގެންދާނީ ފަރްޚާން އަޚްތަރު އަދި ޒާއިރާ ވަސީމްއެވެ.

- ކޮމެންޓް