ކ. މާލެ
|
11 ޖޫން 2019 | އަންގާރަ 00:33
ޖެނިފަރ އެނިސްޓަން \"ދަ އެލެން ޝޯވ\"ގައި
ޖެނިފަރ އެނިސްޓަން "ދަ އެލެން ޝޯވ"ގައި
ދަ އެލެން ޝޯވ
ފްރެންޑްސް
"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!
1994 ވަނަ އަހަރު ފެށި މި ޝޯވ ނިންމާލާފައިވަނީ 2004 ވަނަ އަހަރު

އެމެރިކާގެ އެންމެ ކާމިޔާބު އެއް ޓީވީ ޝޯވކަމަށްވާ "ފްރެންޑްސް"ގެ ތަރިން ޝޯވ އަނބުރާ ގެންނަން ތައްޔާރަށް ތިބިކަމަށް އެ ޝޯވގެ ތަރި ޖެނިފަރ އެނިސްޓަން ބުނެފިއެވެ،

ޖެނިފަރ މިހެން ބުނެފައިވަނީ "ދަ އެލެން ޝޯވ"އަށް ދިން އިންޓަވިއު އެއްގައެވެ.

"އަހަރެން މިހިރީ ތައްޔާރަށް. އަހަރެންނަށް ޔަގީން (ޝޯވގެ) ހުރިހާ އަންހެން ކުދިން ވެސް އެކަން ކުރާނެކަން. އަދި ފިރިހެން ކުދިންތައް ވެސް ކުރާނެކަން ޔަގީން"
ޖެނިފަރ އެނިސްޓަން

1994 އިން 2004 އަށް ކުރިއަށް ދިޔަ "ފްރެންޑްސް"ގައި ފެންނަނީ ހަ އެކުވެރިންނެވެ. އެއީ ޖެނިފަރ ކުޅޭ ރޯލްކަމަށްވާ ރޭޗަލް ގްރީންގެ އިތުރުން، މޮނިކާ ގެލަރ (ކޯޓްނީ ކޮކްސް)، ފީބީ ބުފޭ (ލީސާ ކޫޑްރޯ) އަދި ފިރިހެންނުންކަމަށްވާ ރޮސް ގެލަރ (ޑޭވިޑް ޝްވިމަރ)، ޖޯއީ ޓްރިބިއާނީ (މެޓް ލަ ބްލާންކް) އަދި ޗޭންލަރ (މެތިއު ޕެރީ)އެވެ.

"ފްރެންޑްސް"ގެ ތަރިން؛ (ކ -ވ) ޑޭވިޑް ޝްވިމަރ، ޖެނިފަރ އެނިސްޓަން. މެތިއު ޕެރީ، ކޯޓްނީ ކޮކްސް، މެޓް ލަ ބްލާންކް އަދި ލީސާ ކޫޑްރޯ

މި ހަ ތަރިންވެސް ޝޯވ އަނބުރާ ގެންނަން ތައްޔާރަށް ތިބިކަމަށް ޖެނިފަރ ބުންޏަސް، ވޭތުވެ ދިޔަ އަހަރު ތަކުގައި ޝޯވގެ ކާސްޓް ބުނެފައިވަނީ އެއީ ވާނެ ކަމެއް ނޫންކަމަށެވެ.

އަދި އޭނާ މިހެން ބުނެފައި މިވަނީ ޝޯވ ފެށިތާ 25 އަހަރު ވާން ތިން މަހަށް ވެފައިވަނިކޮށެވެ. އެހެންކަމުން މި ޝޯވގެ ބައެއް ތަރިން ދެކޭ ގޮތުގައި މިއީ ޝޯވ އަނބުރާ އައުމުގެ ސައިން އެކެވެ. ނަމަވެސް، ބައެއް ފޭނުން ދަނީ ޝޯވ އަނބުރާ ނުގެނުމަށް ގޮވާލަމުންނެވެ.

- ކޮމެންޓް