ކ. މާލެ
|
1 މާރޗް 2017 | ބުދަ 17:23
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކުރުން
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކުރުން
ބޮލީވުޑް ހަންގާމާ
ސައިފް އަލީ ޚާން
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
 
މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ޖުލައި 14، 2017

ބޮލީވޫޑްގައި ދެގޮތެއް ނުވެ ހިޓް ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ސައިފް އަލީ ޚާންގެ އެންމެ ފަހުގެ ފިލްމު "ޝެފް"ގެ ފުރަތަމަ ޕޯސްޓަރ އާއްމުކޮށްފި އެވެ.

 

ރާޖާ މެނަންގެ "ޝެފް" ގައި ސައިފް މަސައްކަތް ކޮށްފައިވާއިރު މި ފިލްމުގައި ސައިފްގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނީ ސިޔާރް ކަމްބަލް އެވެ.

 

މިފިލްމުގެ ފުރަތަމަ ޕޯސްޓަރުން ފެންނަ ގޮތުގައި ސައިފް އާއި ސިޔާރް އެކަކު އަނެކަކަށް ވާހަކަ ދައްކަމުންދާ މަންޒަރު ފެނެއެވެ. އަދި އެ ދެ މީހުން ވާހަކަދައްކަމުންދާ ހިސާބަކީ ކާއެއްޗެހި ވިއްކަން ހުންނަ ހިސާބެއްކަން ވެސް ފާހަގަކުރެ ވެއެވެ.

 

މިފިލްމުގެ މައިގަނޑު ވާހަކައަކީ ޝެފަކު އެކި ހިސާބުތަކަށް ގޮސް ތަފާތު ތަޖްރިބާތަކެއް ކުރަމުންދާ ގޮތެވެ. ފިލްމުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާއިރު ނިއު ޔޯކުގައި އަދި އިތުރު ތިން ދުވަހު ޝޫޓިން ކުރިއަށް ގެންދަން ޖެހޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

"ޝެފް" އަކީ ހޮލީވުޑްގެ ފިލްމެއް ކަމަށްވާއިރު ހިންދީ މިފިލްމަކީ އޭގެ އަސްލެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިފިލްމުގައި ސައިފްއާ އެކު ފެނިގެންދާނީ ސޮބީތާ ދުލިޕާލާ އެވެ. ޖުލައި 14، 2017 ގައި މި ފިލްމު ބެލުންތެރިންނާއި ހަމައަށް ގެނެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ރާޖާ މެނަން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް