ކ. މާލެ
|
10 ޖޫން 2019 | ހޯމަ 19:52
ލީރޯއި ސާނޭ
ލީރޯއި ސާނޭ
ގެޓީ އިމޭޖަސް
ލީރޯއި ސާނޭ
ބަޔާނުން ސާނޭ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހަޅަން އެއްބަސްވެއްޖެ
 
ސާނޭގެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ބަޔާން މިއުނިކުން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ލީރޯއި ސާނޭ ގަތުމަށް 100 މިލިއަން ޔޫރޯ ހުށަހެޅުމަށް އެއްބަސްވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޖަރުމަންގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ސާނޭ ހޯދުމަށް ބަޔާނުން ބޭނުންވާ ކަމަށާއި، އެ ކްލަބުން އޭނާ ހޯދުމަށް 100 މިލިއަން ޔޫރޯ ހުށަހަޅާފައިވާ ކަމަށެވެ.

ބަޔާނުން ވަނީ ދާދިފަހުން ސާނޭއަށް ޝައުގުވެރިވާކަން ކަށަވަރުވެސް ކޮށްދީފައެވެ. އޭނާ ހޯދުމަށް އެކްލަބުން 80 މިލިއަން ޔޫރޯ ހުށަހަޅަން ކުރިން އެއްބަސްވި ނަމަވެސް، ހުށަހަޅާފައިވަނީ 100 މިލިއަން ޔޫރޯއެވެ.

ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ދާދި ފަހުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް ސާނޭގެ އެހީ ބޭނުންވާ ކަމަށެވެ.

ޝާލްކޭ އިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ސާނޭ ވަނީ އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބް ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 133 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މީގެ އިތުރުން ސާނޭ ވަނީ 2017 ވަނަ އަހަރުގެ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ޖަރުމަން ގައުމީ ޓީމަށް މިހާތަނަށް 20 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި