މެލޭޝިޔާގެ ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ހާއްސަ ފިޓްނަސް ޓްރެއިނިން ޕްރޮގްރާމެއް ފިޓްޒޯނުން ހިންގަން ނިންމައިފިއެވެ.
ޖުލައި މަހުގެ 31 އިން ފެށިގެން އޮގަސްޓް 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ މިޓްރެނިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މިޕްރޮގްރާމް ކުރިއަށްދާނީ ކޮންމެ ދުވަހެއްހެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް ފިޓްޒޯންގައި އެވެ.
މިފިޓްނަސް ޓްރެއިނިން ޕްރޮގްރާމްގައި ތަމްރީން ދެއްވާނީ ފިޓް މެލޭޝިޔާގެ އިންޓަނޭޝަނަލް މާސްޓަރ ޓްރެއިނަރެއް ކަމަށްވާ ޖެރިކަން ޓޭންއެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ފިޓްނަސް އެޑިއުޓްރެނިން އޭޝިޔާގެ ޕާސަނަލް ޓްރެއިނިން ދިނުމާއި ފިޓްނަސްގެ ހުރިހާ ދާއިރާއަކުން ހަރަކާތްތެރިވުމަށް ހާއްސަ ސެޓްފިކެޓެއް ދެވޭނެ ކަމަށް ފިޓްޒޯނުން ބުންޏެވެ.
މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނީ 650 ޑޮލަރުއެވެ.
ފިޓްޒޯނުގެ މެނޭޖިން ޑިރެކްޓަ އަހުމަދު ރިޔާޒް ވިދާޅުވީ މިފަދަ ޓްރެއިނިން ޕްރޮގްރާމެއް ހިންގުމުގެ މަޤްޞަދަކީ ފިޓްނަސްގެ ދާއިރާއިންނާއި ޕާސަނަލް ޓްރެއިނިން ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
މީގެ އިތުރުން ފިޓް ޒޯންއަކީ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންގެންދާ ތަނަކަށްވާ އިރު ފިޓް ޒޯން އިން ކުރިއަށްގެންދާ ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ވެސް ވަނީ ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާއިރު، ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން ޕްރޮގްރާމް، ޒުންބާ ކުރިއަށް ގެންދެއެވެ.
ފިޓްޒޯނުން އަންނަނީ ޕާސަނަލް ޓްރެއިނަރުންގެ ހިދުމަތް ވެސް ދެމުންނެވެ. އެގޮތުން ޕާސަނަލް ޓްރެއިނަރުންގެ އަގުތައް އުޅެނީ 2،000ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.