ކ. މާލެ
|
10 ޖޫން 2019 | ހޯމަ 19:48
ރަފީނާ ފްލެމިންގޯ ޖޯޒީގައި
ރަފީނާ ފްލެމިންގޯ ޖޯޒީގައި
ޓްވިޓަރ
ރަފީނާ ފްލެމިންގޯއަށް ސޮއިކުރުން
ބަޔާން ދޫކޮށް ރަފީނާ ފްލެމިންގޯއަށް ސޮއިކޮށްފި
 
ރަފީނާ ފްލެމިންގޯއަށް ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން

ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު ބްރެޒިލްގެ ރައިޓްބެކް ރަފީނާ ފްލެމިންގޯއަށް ސޮއިކޮށްފިއެވެ.

ބަޔާންގައި 8 ސީޒަން ހޭދަކުރުމަށްފަހު، އުމުރުން 33 އަހަރުގެ ރަފީނާ ފްލެމިންގޯއަށް ސޮއިކޮށްފައިވަނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ބަޔާން ދޫކޮށްލުމަށްފަހު ރަފީނާ ބުނީ، ފާއިތުވެދިޔަ 8 އަހަރު ތެރޭގައި ބަޔާންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވިފައިވާ ކަމަށާއި، ކްލަބާއެކު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށެވެ.

އެގޮތުން ރަފީނާ ބުނީ، އެގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށާއި، ކްލަބުގެ ކުޅުންރިންނާއި، މެނޭޖްމަންޓް އަދި ސަޕޯޓަރުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ.

މީގެކުރިން ޝާލްކޭއަށްވެސް ކުޅެފައިވާ ރަފީނާ ބަޔާންއަށް ބަދަލުވީ 2011 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 265 މެޗުގައި ހަ ލަނޑު ކާމިޔާބުކޮށްފައެވެ.

ބަޔާންއާއެކު ހަތް ލީގު ތަށި ކާމިޔާބުކޮށްފައިވާ ރަފީނާ ވަނީ އެ ކްލަބާއެކު ޖަރުމަން ކަޕް ހަތަރު ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއްފަހަރު، ޔުއެފާ ސުޕަކަޕް އެއްފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ރަފީނާ ވަނީ ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް