ކ. މާލެ
|
1 މާރޗް 2017 | ބުދަ 16:21
ލަނޑު ޖެހުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ލަނޑު ޖެހުމަށް ފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ
ސްކައި ނިއުސް
ފުރަތަމަ ލެގު ޔުވެންޓަސްއަށް
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް
 
ނަޕޯލީއަށް ދެވަނަ ލެގު ފަސޭހައެއް ނުވާނެ
 
ޔުވެންޓަސް އަށް ދެ ލަނޑުގެ އެޑްވާންޓޭޖެއް

އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ނަޕޯލީގެ މައްޗަށް ޔުވެންޓަސް އިން ކުރިހޯދައި ފައިނަލަށް ދިޔުމުގެ މަގުތަނަވަސް ކޮށްފިއެވެ.

 

އަންގާރަ ދުވަހުގެ ރޭ އިޓާލިއަން ކަޕް ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ނަޕޯލީގެ މައްޗަށް ޔުވެންޓަސް އިން ކުރި ހޯދީ 3-1 ނަތީޖާއަކުންނެވެ.

 

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި، ލިޑުނެގީ ނަޕޯލީ އިންނެވެ. ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ނަޕޯލީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ހޯސޭ ކަލެޔޮންއެވެ.

 

އިތުރު ގޯލެއް ނުފެނި ފުރަތަމަ ހާފް ނިމިގެންދިޔައިރު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުއެވެ.

 

ޔުވެންޓަސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފެނިގެން ގޮސްފައިވަނީ ދެ ވަނަ ހާފްގެ 2 ވަނަ މިނެޓުގެ ތެރޭގައެވެ. އެޓީމަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑިބާލާ އެވެ.

 

އިޓާލިއަން ސެރީއާގައި ވެސް އެއްވަނައިގައި އޮތް ޔުވެންޓަސްއަށް ސެމީ ފައިނަލާ ގާތަށް ޖެހިލުމުގެ އުއްމީދު އާވެގެންދިޔައީ 64 ވަނަ މިނެޓުގައި ގޮންޒާލޯ ހިގުއައިންގެ ލަނޑާއެކުއެވެ.

 

ޔުވެންޓަސްގެ ތިން ވަނަ ލަނޑު ވެސް ޖަހާފައި ވަނީ ޕެނަލްޓީއަކުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްދިން ޑިބާލާ އެވެ.

 

މި ނަތީޖާއާއެކު ނަޕޯލީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގަށް ޔުވެންޓަސް އިން ނުކުންނާނީ ދެ ލަނޑުގެ އެޑްވާންޓޭޖަކާ އެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް