ކ. މާލެ
|
9 ޖޫން 2019 | އާދީއްތަ 14:59
އޮޒިލްގެ ކައިވެނީގެ ހަފްލާ
އޮޒިލްގެ ކައިވެނީގެ ހަފްލާ
އަނަދޮލޫ
އޮޒިލްގެ ކައިވެނި
އޮޒިލްގެ ބެސްޓް މޭންއަކީ ތުރުކީގެ ރައީސް!
ތުރުކީގެ މަޝްހޫރު މީހުންގެ ކައިވެނީގެ ހަފްލާތަކުގައި އުރުދުޣާން ބައިވެރިވެވަޑައިގަންނަވާ
އުރުދުޣާންއާ ބައްދަލުކުރުމުން އޮޒިލްއާ މެދު ޖަރުމަނުގެ މީހުން ވަނީ ނުރުހުން ފާޅުކޮށްފައި
ކައިވެނީގެ ގޮތުން ގުޅިފައިވަނީ އެކްޓްރެސް އަދި މޮޑެލް އާމިނެ ގުލްޝޭ އާ

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މެސުޓް އޮޒިލްގެ ކައިވެނީގެ ހަފްލާގައި، އޮޒިލްގެ ބެސްޓް މޭންގެ ގޮތުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ބައިވެރިވަޑައިގެންފިއެވެ.

މިހާރު އާސެނަލް އަށް ކުޅެމުންދާ އޮޒިލް، ކައިވެނީގެ ގޮތުން ގުޅިފައި ވަނީ ތުރުކީގެ އެކްޓްރެސް އަދި މޮޑެލްއެއް ކަމުގައިވާ އާމިނޭ ގުލްޝޭ އާއެވެ. އޭނާއަށް 2014 ވަނަ އަހަރު "މިސް ތުރުކީ" ގެ ޝަރަފު ލިބިފައިވެއެވެ.

ދެ ތަރިންގެ ކައިވެނީގެ ހަފްލާ ބޭއްވީ އިސްތާންބުލްގެ ބޮސްޕޮރަސްގައެވެ. އެ ހަފްލާގައި ސިޔާސީ ބޭފުޅުންނާއި ފިލްމީ ތަރިން ވެސް ގިނަ އަދަދަކަށް ބައިވެރިވިއެވެ.

އޮޒިލް އާއި އާމިނޭގެ ކައިވެނީގެ ހަފްލާގެ ފޮޓޯތަކުން ރައީސް އުރުދުޣާން އާއި އަނބިކަނބަލުން، އޮޒިލްގެ ދެމަފިރިންނާ އެކު ހުންނަތަން ފެނެއެވެ. ތުރުކީގެ މަޝްހޫރު މީހުންގެ ކައިވެނީގެ ހަފްލާތަކުގައި އާންމު ގޮތެއްގައި، އުރުދުޣާން ބައިވެރިވެ ވަޑައިގަންނަވައެވެ.

އުރުދުޣާން އެ ހަފްލާގައި ބައިވެރިވަޑައިގެންނެވީ އޮޒިލްގެ އެދުމަކަށެވެ.

އުރުދުޣާން އާއި އޮޒިލް ބައްދަލުކުރުމުން ޖަރުމަނުގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޮޒިލްއަކީ ޖަރުކަނުގެ ރައްޔިތެއް ނަމަވެސް އޭނާގެ އާއިލާ ނިސްބަތް ވަނީ ތުރުކީއަށެވެ.

- ކޮމެންޓް