ކ. މާލެ
|
8 ޖޫން 2019 | ހޮނިހިރު 08:40
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ.
ގޫގުލް
ސްރީލަންކާ
އާދީއްތަ ދުވަހު މޯދީ ލަންކާއަށް ވަޑައިގަންނަވަނީ، ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
 
މި ދަތުރުފުޅުގައި ރައީސް މައިތިރިޕާލާ ސިރިސޭނާއާ ބައްދަލު ކުރައްވާނެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާދީއްތަ ދުވަހު ސްރީލަންކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ މޯދީގެ މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ މޯދީ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެޕްރީލްމަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހުން ގައުމެއްގެ ވެރިއެއް ލަންކާއަށް ވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށް އަރާއިރު އޭގެ ތެރޭގައި އިންޑިއާގެ 11 މީހަކު ހިމެނެއެވެ.

އާދީއްތަ ދުވަހު ލަންކާއަށް މޯދީ ވަޑައިގަންނަވާއިރު މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ ތިން ވަނަ ދަތުރުފުޅަށް ވާނެއެވެ. އެންމެ ފުރަތަމަ ލަންކާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވަނީ 2015 ވަނަ އަހަރުއެވެ. އެއަށްފަހު 2017 ވަނަ އަހަރު ލަންކާއަށް މޯދީ ވަނީ ވަޑައިގެންފައެވެ.

މޯދީ ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ ދެވަނަ ފަހަރަށް ބޮޑުވަޒީރަކަށް އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެން ސަރަހައްދީ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާ ވަޑައިގެންނެވުމެކެވެ. ސަރަހައްދީ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މޯދީ ފުރަތަމަ ވަޑައިގަންނަވާނީ ރާއްޖެއަށެވެ. އެއީ ހޮނިހިރު ދުވަހުއެވެ.

ލަންކާގެ ޓެރަރިސްޓް ހަމަލާ އަށް ފަހު ލަންކާގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އަދި ހާއްސަކޮށް މޯދީގެ މި ދަތުރުފުޅާ ގުޅިގެން ލަންކާގެ ސަލާމަތީ ކަންކަން އިހުނަށް ވުރެ ވަނީ ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި