ކ. މާލެ
|
7 ޖޫން 2019 | ހުކުރު 23:04
ތެރީސާ މޭ
ތެރީސާ މޭ
ސްކައި ނިއުސް
ތެރީސާ މޭ
ބޮޑު ވަޒީރު މޭ ކޮންސަވޭޓިވް ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ ހުކުރު ދުވަހު

އިނގިރޭސިވިލާތުގެ ކޮންސަވޭޓިވް ޕާޓީގެ ލީޑަރު އަދި ބޮޑު ވަޒީރު ތެރީސާ މޭ އެ ޕާޓީގެ ލީޑަރު ކަމުގެ މަގާމުން ރަސްމީކޮށް އިސްތިއުފާ ދެއްވައިފިއެވެ.

މޭ، ހުކުރު ދުވަހު އިސްތިއުފާ ދެއްވިކަން ކޮންސަވޭޓިވް ރަސްމީކޮށް ކޮންސްވޭޓިވް ޕާޓީގެ ކޮންސަވޭޓިވް ޕްރައިވެޓް މެމްބަރސް ކޮމިޓީ ނުވަތަ ''1992 ކޮމިޓީން'' ވަނީ ކަަށަވަރު ކޮށްދީފައެވެ.

އެ ކޮމިޓީން ވަނީ މޭގެ ބަދަލުގައި ކޮންސަވޭޓިވް ޕާޓީގެ ލީޑަރަކަށް އައުމަށް ޝައުގުވެރިކަން ހުރި މަޖިލީސް މެމްބަރުންނަށް ނޮމިނޭޝަން ހުށައެޅުމަށް ދައުވަތު އަރުވާފައެވެ. ނޮމިނޭޝަން ހުށައެޅުން އޮންނާނީ ހޯމަ ދުވަހާ ހަމައަށެވެ. މިހާތަަނަށް 11 ފަރާތަކުން ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.

ރަސްމީގޮތުން މޭ ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ބޮޑު ވަޒީރަށް ބޭފުޅަކު އައްޔަން ކުރެވެން ދެން އެކަމަނާ ހުންނަވާނީ ވަގުތީ ބޮޑު ވަޒީރެއްގެ ގޮތުގައެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މޭ އިއުލާން ކޮށްފައިވަނީ ނިމިގެން ދިޔަ މަހުގެ 24 ވަނަ އަސަރުން ފުރިގެންވާ ވާހަކަފުޅުތަކާ އެކު، ލަންޑަނުގައި ހުންނަ، އިނގިރޭސީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ބޭރުގައި ހުކުރު ދެއްވި ހިތާބެއްގައެވެ.

މޭ އިސްތިފާ ދެއްވީ އިނގިރޭސިވިލާތް، އީޔޫއިން ވަކިވުމަށް 2016 ވަނަ އަހަރު ނެގި ވޯޓާ ގުޅިގެން ދިމާވި ކަންތައްތައް ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައި ވަނިކޮށެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި އިސްތިއުފާ ދެއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރެއްވުމަށް "ލަޔާގަތު ތަންދިން އެންމެ މަތީ ދަރަޖާގައި" މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

މީގެކުރިން ޔޫރަޕުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް އެ ގައުމުގެ ޕާލިމަންޓަށް ހުށައެޅުމުން، ބޮޑުވަޒީރު ތެރޭސާ މޭގެ އެއްބަސްވުމަށް ތިންވަނަ ފަހަރަށް ވެސް ވަނީ ނޫނެކޭ ބުނެފައެވެ.

- ކޮމެންޓް