ކ. މާލެ
|
7 ޖޫން 2019 | ހުކުރު 12:03
ހަމަލާދީފައިވާ ނޯވޭގެ ޓޭންކަރުގެ ހަލްގައި ލޯވަޅެއް އެޅިފައި
ހަމަލާދީފައިވާ ނޯވޭގެ ޓޭންކަރުގެ ހަލްގައި ލޯވަޅެއް އެޅިފައި
އޭއެފްޕީ
ތެޔޮ ޓޭންކަރުތަކަށް ހަމަލާ ދިނުން
ތެޔޮ ޓޭންކަރުތަކަށް ހަަމަލާ ދިނީ ގައުމަކުން އަޑީގައި އޮވެގެން!
 
އެ ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަން ޔަގީން ކަމަށް އެމެރިކައިން ބުނެފައިވޭ
 
ޖެހުނު، ގޮތް ނޭނގޭ އެއްޗެއްގެ ސަބަބުން، ބޯޓުގައި ލޯވަޅެއް އެޅިފައިވޭ
 
ހަމަލާގެ ސަބަބުން ބޯޓުތަކުން ނުރައްކާތެރި ކެމިކަލް ލީކްވެފައެއް ނުވޭ

ސައުދީ އާއި ޔޫއޭއީގެ ތެޔޮ އުފުލާ ބޯޓުތަކަށް މިދިޔަ މޭ މަހު ދިން ހަމަލާތަކަކީ ގައުމަކުން ސްޕޮންސަރ ކޮށްގެން ހިންގި ޖަރީމާއެއް ކަމުގައި އދ. ގެ ސެކިއުރިޓީ ކައުންސިލުގައި، ސައުދީ ސަފީރު ވިދާޅުވެއްޖެއެވެ.

ސައުދީ އިން މިހެން ބުނި ނަމަވެސް، އަދި އެއްވެސް ގައުމަކަށް މިކަމުގެ ތުހުމަތު ރައްދު ކޮށްފައެއް ނުވެއެވެ.

ހޮރުމޫޒު ކަނޑުއޮޅީގައި އޮންނަ ފުޖައިރާ ބޭރުގައި އޮތް ހަތަރު އުޅަނދަކަށް ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ އިރު، ހަމަލާގެ ސަބަބުން ބޯޓުތަކުން ނުރައްކާތެރި ކެމިކަލް ލީކްވެފައި ނުވާ ކަމަށް ޔޫއޭއީގެ ހާރިޖީ ވުޒާރާއިން ބުނެފައި ވެއެވެ.

ހަމަލާ ދީފައި ވަނީ ސައުދީގެ "އަލް-މަރްޒޮގާ" އަދި "އަމްޖަދް" ނަމަކަށް ކިޔާ ޓޭންކަރުތަކެއްގެ އިތުރުން، ނޯވޭގެ "އަންޑްރެއާ ވިކްޓްރީ" ޓޭންކަރަށާއި ޔޫއޭއީގެ ބަންކަރިން ބާޖެއް ކަމުގައިވާ "ދަ އޭ މިޝޭލް" އަށެވެ. ނޯވޭގެ ބޯޓު ހިންގާ ތޯމް ގްރޫޕުން އޭރު ބުނެފައި ވަނީ ފެން މަތިން ޖެހުނު، ގޮތް ނޭނގޭ އެއްޗެއްގެ ސަބަބުން، ބޯޓުގެ މައިގަނޑުގައި ލޯވަޅެއް އެޅިފައިވާ ކަމަށެވެ. ސައުދީ ޓޭންކަރުތަކުގެ މައިގަނޑަށް ވެސް ގެއްލުން ލިބުނު ކަމަށް ސައުދީން ރިޕޯޓްކޮށްފައި ވެއެވެ.

އެމެރިކާއިން ވަނީ އެ ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އީރާނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެމައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ ގައުމީ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ވިދާޅުވީ އެ ހަމަލާތަކަކީ އީރާނުން ދިން ހަމަލާތަކެއް ކަން ޔަގީން ކަމަށެވެ. އެމެރިކާއިން އެ ހަމަލާތައް ސިފަކޮށްފައި ވަނީ އެ ގައުމަށާއި، އެ ގައުމާ ގުޅިފައިވާ ބާރުތަކާ ދެކޮޅަށް ކުރަމުންދާ ކެމްޕެއިނެއްގެ ގޮތުގައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ އެ ތުހުމަތުތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ، ބޭކާރު ތުހުމަތުތަކެއް ކަމަށެވެ.

ތަފާތު އެތައް ފަހަރެއްގެ މަތިން ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ. ދުނިޔޭގައި އުފައްދާ ތެލާއި ގުދުރަތީ ގޭހުގެ 20 އިންސައްތަ ދަތުރުކުރަނީ އެކަނޑުއޮޅިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
57%
0%
14%
7%
0%
21%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ