ކ. މާލެ
|
1 މާރޗް 2017 | ބުދަ 12:29
ސިޓީގެ ފޯވާޑް އަގުއެރޯ
ސިޓީގެ ފޯވާޑް އަގުއެރޯ
ގޯލް.ކޮމް
ސާޖިއޯ އަގުއެރޯ
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި
 
ރިޕޯޓްތަކާ ގުޅިގެން އަގުއެރޯ އަދި އެއްވެސް އެއްޗެކޭ ނުބުނޭ
 
އަގުއެރޯ ހޯދުމަށް ރެއާލް އިން ވަރަށް އަވަހަށް ބިޑެއް ހުށަހަޅާނެ
 
ރެއާލް އަށް ބަދަލުވާން އަގުއެރޯ ބޭނުންވޭ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސާޖިއޯ އަގުއެރޯ ހޯދުމަށް ރެއާލް މެޑްރިޑުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީންވެސް ދާދި ފަހުން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރި އަގުއެރޯ ހޯދުމަށް ރެއާލް އިން އޭނާ ހޯދުމަށް ބިޑެއް ހުށަހަޅަން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނާއިރު، ދަ ސަން އިން ބުނީ އަގުއެރޯވެސް ރެއާލް އަށް ބަދަލުވާން ބޭނުންވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އަގުއެރޯ ހޯދުމަށް ޗެލްސީން ވަނީ 75 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. އެހެންނަމަވެސް މި ރިޕޯޓްތަކާ ގުޅިގެން އަގުއެރޯ އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މެންޗެސްޓަރ ސިޓީއާ 2006 ވަނަ އަހަރު ގުޅުނު އަގުއެރޯ ވަނީ އެ ކްލަބާ އެކު މިވީތަނަށް ހޭދަކުރި ހަ ސީޒަނުގައި ކުޅުނު 237 މެޗުގައި 156 ލަނޑު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެފަހަރު ފުޓުބޯޅަ ލީގު ކަޕް ދެ އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށްވެސް 70 އަށްވުރެ ގިނަ މެޗު ކުޅެދީ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އޭނާ ވަނީ އެޓީމަށް އެކު 2008 ވަނަ އޮލިމްޕިކް ރަން މެޑަލް، ފީފާ 20 އަހަރުން ދަށުގެ ވާރލްޑްކަޕް ދެފަހަރު އަދި ވާރލްޑްކަޕްގެ ދެވަނަ އެއްފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
0%
0%
0%
ކޮމެންޓް