ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 13:16
ނޭމާއަށް އަނިޔާވުން
ނޭމާއަށް އަނިޔާވުން
އޭޕީ
ނޭމާއަށް އަނިޔާވުން
ނޭމާއަށް އަނިޔާވެ، ކޮޕަ އެމެރިކާގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެ
 
ނޭމާއަށް އަނިޔާވީ ގަތަރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާއަށް އަނިޔާވެ، ކޮޕަ އެމެރިކާގައި ކުޅުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

ނޭމާއަށް އަނިޔާވީ ރަހުމަތްތެރިކަމުގެ މެޗެއްގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެ މެޗުގައި ނޭމާގެ ކަނާތު ފައިގެ ތަނބިކައްޓަށް ވަނީ އަނިޔާވެފައެވެ.

ބްރެޒިލްގެ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، ނޭމާ ފައިގެ ތަނބިކައްޓަށް އަނިޔާވެފައިވާ ކަމަށާއި، އެ އަނިޔާ އިން އޭނާ ރިކަވާވާން ދުވަސް ނަގާނެ ކަމަށެވެ.

އެގޮތުން ކޮޕަ އެމެރިކާގައި ނޭމާއަށް ނުކުޅެވޭނެ ކަމަށް ވެސް ބްރެޒިލް ގައުމީ ޓީމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ނޭމާގެ ބަދަލުގައި އެހެން ކުޅުންތެރިޔެއް ޓީމަށް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބްރެޒިލް ގައުމީ ޓީމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި ސީޒަނުގައި ޕީއެސްޖީއަށް ނޭމާ ކުޅުނު 28 މެޗުގައި ވަނީ 23 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 97 މެޗުގައި 60 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޮޕަ އެމެރިކާއަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލްއިން އަންނަނީ ރަހުމަތްތެރިކަމުގެ މެޗުތައްވެސް ކުޅެމުންނެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ހޮންޑިއުރަސްއާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލް ނިކުންނާނެއެވެ.

މި މަހު ފަށާ ކޮޕަ އެމެރިކާ މުބާރާތުގައި ބްރެޒިލް ހިމެނެނީ ބޮލީވިއާ އާއި ވެނެޒުއޭލާ އާއި ޕެރޫއާއެކު އެއް ގްރޫޕެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
60%
20%
0%
20%
ކޮމެންޓް
ގުޅުންހުރި