ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 12:48
ގެރެތު ބޭލް
ގެރެތު ބޭލް
ގެޓީ އިމޭޖަސް
ގެރެތު ބޭލް
ބޭލް އިންޓައަށް ގެންނަން ކޮންޓޭ ބޭނުންވޭ
 
ބޭލްގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ވިންގާ ގެރެތު ބޭލް ގެންނަން އިންޓަގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭ ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް އިންޓަގެ ސްކޮޑު ވަރުގަދަ ކުރުމަށް ކޮންޓޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފޯވާޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން ބޭލް ވެސް ގެންނަން ކޮންޓޭ ބޭނުންވާ ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގެ ބޯޑާ ބޭލްވަނީ ބައްދަލުކޮށް، ކްލަބުގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި، އެއްބަސްވުން ހަމަވަންދެން އޭނާ ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް ވަނީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު 2022 ގެ ނިޔަލަށް އާކޮށްފައެވެ.

ސައުތުހެމްޕްޓަން އިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ޓޮޓެންހަމްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ހޯދާފައިވާ ބޭލް ވަނީ އެ ކްލަބަށް ކުޅުނު 203 މެޗުގައި 55 ލަނޑު ކާމިޔާބުކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ވޭލްސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ބޭލް ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާއަކީ ވޭލްސްގެ ގައުމީ ކެޕްޓަންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި