ކ. މާލެ
|
6 ޖޫން 2019 | ބުރާސްފަތި 12:52
ޓީސީއަށް ފޯކައިދޫ އިން މަރުހަބާ ކިޔަނީ
ޓީސީއަށް ފޯކައިދޫ އިން މަރުހަބާ ކިޔަނީ
ފޭސްބުކް
ޓީސީ ސްޕޯޓްސް ކްލަބް
ޗެރިޓީ ޝިލްޑް މެޗު ކުޅުމަށް ޓީސީ ފޯކައިދޫއަށް ގޮސްފި
 
ޗެރިޓީ ޝިލްޑް މެޗު ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުން

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ށ.ފޯކައިދޫއަށް ގޮސްފިއެވެ.

ބުދަ ދުވަހުގެ ރޭ ފޯކައިދޫއަށް ޓީސީ ގޮސްފައިވާއިރު، އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މެޗު ކުޅުމަށް ފޯކައިދޫއިން އެ ރަށަށް ދިޔައީ ހޮނިހިރު ދުވަހުއެވެ.

ސީޒަން ހުޅުވާ މެޗު ކުޅުމުގެ ފުރުސަތު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި ފޯކައިދޫއަށް ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށިން އެ ފުރުސަތު ދޫކޮށްލުމުންނެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ސީޒަން ހުޅުވާ މެޗު ހޯމް އެންޑް އަވޭ އުސޫލަށް ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ހުކުރު ދުވަހު ފުރަތަމަ މެޗު ފޯކައިދޫގައި ކުޅޭއިރު، ދެވަނަ މެޗު ކުޅޭނީ ހޯމަ ދުވަހު މާލޭގައެވެ.

ފުރަތަމަ ޑިވިޝަންގެ މެޗެއް އެންމެ ފަހުން އަތޮޅު ތެރޭގައި ކުޅުނީ 2015 ވަނަ އަހަރެވެ. އެ ފަހަރު ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ޕްރެޒިޑެންޓްސް ކަޕް ކުޅުނީ ހދ. ކުޅުދުއްފުއްޓާއި، ސ. ހިތަދޫގައެވެ.

ސީޒަން ހުޅުވާ މެޗަށް ފޯކައިދޫ އަދި ޓީސީން ފަރިތަކުރުންތައް ކުރިޔަށްގެންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މި ދެ ކްލަބުން ވަނީ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއް ގެނެސް، ތިބި ބައެއް ކުޅުންތެރިންގެ އެއްބަސްވުންތައް ވެސް އާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
75%
0%
0%
0%
25%
ކޮމެންޓް
ގުޅުންހުރި