ކ. މާލެ
|
5 ޖޫން 2019 | ބުދަ 17:16
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިމާރާތް :ކެޕިޓޮލް ބިލްޑިންގ
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިމާރާތް :ކެޕިޓޮލް ބިލްޑިންގ
ރޮއިޓަރސް
އެމެރިކާއިން ސައުދީއަށް ހަތިޔާރު ވިއްކުން
ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓުވަން އެމެރިކާގެ ކޮންގްރެސް ތެދުވެއްޖެ
 
ހަތިޔާރު ވިއްކަން އުޅުނީ އިރާނާއެކު އެކު އުފެދިފައިވާ ނުތަނަވަސްވުމާ އެކު
 
ދެ ޕާޓީގެ މެމްބަރުންގެ ތާއީދުވެސް ބިލަށް އެބައޮތް
 
22 އަސްކަރީ އެއްބަސްވުމެއްގެ ދަށުން ހަތިޔާރު ވިއްކަން އެއްބަސްވެފައިވޭ

ސައުދީ އަރަބިއާ، ޔޫއޭއީ އަދި އުރުދުންއަށް ވިއްކަން ނިންމާފައިވާ 8 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ މުއާމަލާތް ހުއްޓުވަން ޑިމޮކްރެޓުންނާއި ރިޕަބްލިކަން މެމްބަރުން ގުޅިގެން އިސްލާހެއް ހުށައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮންގްރެސްގެ މެމްބަރުންތަކެއް ވިދާޅުވެއްޖެއެވެ.

އިރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ގުޅިގެން "ކުއްލި ހާލަތެއް" ކަމަށް ބުނެ، މިދިޔަ މޭ މަހުގެ ތެރޭގައި ޓްރަމްޕް ސަރުކާރުން ވަނީ 22 އަސްކަރީ އެއްބަސްވުމެއްގެ ދަށުން ހަތިޔާރު ވިއްކަން ނިންމާފައިވާ ކަމަށް ކޮންގްރެސްގެ ކޮމިޓީތަކަށް އަންގާފައެވެ. މިފަދަ އެއްބަސްވުންތަކަށް ކޮންގްރެސްގެ ރުހުން ހޯދަން ޖެހުނު ކަމުގައިވީ ނަމަވެސް، ކުއްލި ހާލަތުގައި އެ ގައުމުގެ ރައީސްއަށް ލިބިދޭ ބާރުގެ ދަށުން އެކަން ނުކޮށް ހަތިޔާރުތައް ވިއްކާލެވޭނެއެވެ.

ޓްރަމްޕްގެ ނިންމުމާއި ގުޅިގެން ދެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ނުރުހުން ފާޅުކުރަމުން އެ ފަރާތްތަކުން ބުނީ މިހެން އަމަލުކުރަން ފުރުސަތު ދެއްވައިފިނަމަ، މުސްތަގުބަލުގައި ރައީސްކަމަށް އަންނަ ފަރާތަކަށް ވެސް ބޭނުން ގައުމަކަށް ހަތިޔާރު ވިއްކާނެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ. އަދި އެއީ ގައުމީ މަސްލަހަތަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނެ ކޮންގްރެސްގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަށް ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކުގެ ދަށުން އެ ގައުމުތަކަށް ވިއްކަން ހަމަޖެހިފައިވާ ހަތިޔާރުތަކުގެ ތެރޭގައި އަމާޒަށް ވާސިލުވާ ގޮތަށް ހުންނަ ހަތިޔާރާއި، މޯޓަރު ބަޑި އަދި ހަނގުރާމަ މަތީ މަތިންދާބޯޓުގެ އިންޖީނު ހިމެނެއެވެ. މިކަމާ ދެކޮޅު މެމްބަރުން ވިދާޅުވީ އުފައްދަން އެތައް ދުވަހެއް ނަގާ ހަތިޔާރުތައް ވިއްކަން އެއްބަސްވުމުން، އެކަމުގައި ކުއްލި ހާލަތެއް ދިމާ ނުވާކަން ހާމަވާ ކަމަށެވެ.

ޑިމޮކްރެޓުން ކޮންޓްރޯލް ކުރާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް (ކޮންގްރެސް) އަށް ހުށައެޅި ބިލުގައި ވަނީ، ޓްރަމްޕް ސަރުކާރުން ހަތިޔާރު ވިއްކަން ދީފައިވާ 22 ލައިސަންސް ކެންސަލްކުރުމަށް ފަހު، ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލުގެ ތެރެއިން އެކަނި ކުރަން ހުށައަޅަން އެންގުމަށެވެ. އެ އުސޫލުގެ ތެރޭގައި 30 ދުވަހުގެ ކޮންގްރެޝަނަލް ރިވިއުއެއް ހިމެނެއެވެ.

މީގެ އިތުރުން 1976 ވަނަ އަހަރު ހަދާފައިވާ "އާމްސް އެކްސްޕޯޓް ކޮންޓްރޯލް އެކްޓް" ގައި ހިމަނާފައިވާ ކަންކަން ބަދަލުކުރަން ހުށައެޅުމާ ދޭތެރޭ ވިސްނަމުންދާ ކަމަށް ވެސް ކޮންގްރެސްގެ މެމްބަރުންތަކެއް ބުނެފައިވެއެވެ. އެގޮތުން އެ ގާނޫނުގައި ހިމެނިފައިވާ "އެމަރޖެންސީ އޮތޯރިޓީ" ރައީސްއަށް ބޭނުންކުރެވޭނެ ފުރުސަތު ހަނިކުރަން ވިސްނަމުންދާ ކަމަށް އެ ފަރާތްތަކުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
57%
0%
14%
0%
14%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ