ކ. މާލެ
|
5 ޖޫން 2019 | ބުދަ 14:25
މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މިސްކިތެއްގައި ރޯކޮށްލުމުން ގެއްލުން ލިބިފައި
މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި މިސްކިތެއްގައި ރޯކޮށްލުމުން ގެއްލުން ލިބިފައި
ޝުއައިބް މުހައްމަދު އިގްބާލް
ލަންކާގައި ދިރިއުޅޭ މުސްލިމުން
ލަންކާގެ ހާލަތާ މެދު އިންތިހާއަށް ކަންބޮޑުވޭ: އޯއައިސީގެ މަންދޫބުން
 
ހާލަތު ބަދަލުކުރަން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ލަންކާގެ ސަރުކާރަށް ގޮވާލާފައިވޭ
 
ލަންކާގެ ހާލަތާ ގުޅޭ ގޮތުން އެ ގައުމުގެ ރައީސް ސިރިސޭނާއާ މަޝްވަރާކުރެއްވި
 
ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އޮތް ނުރައްކާ ބޮޑުކަމަށް ބުނެފައިވޭ

ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހަމަލާތައް ހުއްޓުވަން ލަންކާގެ ސަރުކާރުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މަންދޫބުން ގޮވާލައްވައިފިއެވެ.

އޯއަސީގެ މެމްބަރު ގައުމުތަކުން އަންގާރަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ ހާދިސާތަކުގެ ސަބަބުން ލަންކާގެ މުސްލިމުންގެ ސަލާމަތާ ރައްކާތެރިކަމާ ދޭތެރޭ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އަދި މި ހާލަތުގައި ލަންކާގެ މުސްލިމުންނަށާއި، އެ މީހުންގެ ވިޔަފާރިތަކަށް އޮތް ނުރައްކާ ބޮޑު ކަމަށާއި އެކަންކަމުން އާހިރުގައި ނިކުމެދާނެ ގޯސް ނަތީޖާއަކާ މެދު ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން، ހަމަލާދިން މީހުންގެ ދީނީ އަދި ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި، އެ މީހުންނާ ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ލަންކާގެ ސަރުކާރަށް ބާރު އަޅާފައި ވެއެވެ.

ލަންކާގައި ތިއްބަވާ މުސްލިމް ގައުމުތަކުގެ ސަފީރުން ވަނީ އީސްޓަރ ސަންޑޭގައި ދިން ހަމަލާއަށް ފަހު ދިމާވި ހާދިސާތަކާ ގުޅޭ ގޮތުން، އެ ގައުމުގެ ރައީސް މައިތިރިޕާލަ ސިރިސޭނާއާ މަޝްވަރާކުރައްވާފައެވެ. ލަންކާގައި މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތަކާ އެ މީހުންނަކީ ގޯސް ބައެއްގެ ގޮތުގައި ސިފަކުރަން ކުރާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅުކޮށް އެ މީހުން ވަނީ ހާލަތު ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސިރިސޭނާ އަރިހުން އެދިފައެވެ. މި މަޝްވަރާތައް ކުރިޔަށް ދިޔައީ ލަންކާގައި ތިއްބަވާ މުސްލިމް ގައުމުތަކުގެ ސަފީރުންގެ ޝަރަފުގައި ރައީސް ސިރިސޭނާ ބޭއްވެވި ރޯދަ ވީއްލުމެއްގައެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، ލަންކާގައި ދިރިއުޅޭ ތަފާތު އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ޙިލާފު އުފެދޭނަމަ ލަންކާގެ ކުރިމަގެއް ނެތް ކަމަށެވެ.

އޯއައީސީގެ ބަޔާން ނެރެފައި ވަނީ، ލަންކާ ސަރުކާރުގައި ތިއްބެވި ހުރިހާ މުސްލިމް މިނިސްޓަރުން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ. އެމީހުން އިސްތިއުފާ ދިނީ، މުސްލިމް މިނިސްޓަރަކާއި ދެ ގަވަރުނަރަކު އިސްތިއުފާ ދޭން ގޮވާލާ ބުދިސްޓު ހާމުދުރަކު ކުރި ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކާއި ގުޅިގެންނެވެ. ހޯމަ ދުވަހު އޭނާގެ ހަޅުތާޅު ހުއްޓާލާފައިވާ އިރު، އޭނާއަށް ތާއީދުކޮށް ލަންކާގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތައް ބާއްވާފައި ވެއެވެ.

އީސްޓަރ ސަންޑޭގެ ހަމަލާތަކާ ގުޅުން ހުރި ކަމަށް ބުނެ އިސްތިއުފާ ދޭން ގޮވާލީ މިނިސްޓަރ ރިޝާދް ބަތީއުއްދީން އަދި ގަވަރުނަރުން ކަމުގައިވާ އެމް.އެލް.އޭ.އެމް ހިޒްބުއްﷲ އާއި އަޒަތް ސަލީއެވެ. ލަންކާގެ ފުލުހުން ވަނީ އެ މީހުންނާ ދެކޮޅަށް ހުރި ޝަކުވާތައް އަޑުއެހުމައް ތިން މެމްބަރުންގެ ކޮމިޓީއެއް ވެސް އައްޔަނުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
25%
75%
0%
0%
ކޮމެންޓް
ގުޅުންހުރި