ކ. މާލެ
|
5 ޖޫން 2019 | ބުދަ 10:26
މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން
މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން
ބީބީސީ
ޓްރަމްޕް އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު
ލޭބަރ ޕާޓީގެ ލީޑަރާ ބައްދަލުކުރުމަށް ޓްރަމްޕް ދެކޮޅުހައްދަވައިފި
ބޮރިސް ޖޮންސަންއާ ފޯނުން ވާހަކަފުޅު ދެއްކެވި
ބްރެކްސިޓް އަށް އެންމެ ބޮޑަށް ބާރު އެޅުއްވި ނައިޖެލް ފަރާޖްއާ ބައްދަލުކުރެއްވި
ދެން ފަހަރަކުން ބައްދަލު ކުރުމަށް މައްސަލައެއް ނެތް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ މައި އިދިކޮޅު ސިޔާސީ ޕާޓީ ކަމަށްވާ ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިންއާ ބައްދަލު ކުރެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.

އިންގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭއާ އެކު ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯބިންގެ ދައުވަތު އިންކާރު ކުރެއްވި ސަބަބު ބަޔާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެ މީހަކު ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ ހުނަރު ލިބިފައިވާ މީހުންނަށް އޭނާ އިހުތިރާމު ކުރައްވާ ވަރަށް، ފާޑުކިޔާ އުޅޭ މީހުންނަށް އިހުތިރާމް ނުކުރައްވާ ކަމަށެވެ. ނަމަވެސް ފަހުން "ގުޑް މޯރނިންގ ބްރިޓަން" ކިޔާ ޕްރޮގްރާމެއްގައި ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިފަހަރު ކުރައްވާ ދަތުރުފުޅުގައި ކޯބިންއާ ބައްދަލުކުރެއްވުމަކީ "ދަތި" ކަމަކަށް ވެފައި ކުރުން އެހާ އެދެވިގެންވާ ކަމަކަށް ނުވުމުން އޭނާއާ ބައްދަލު ނުކުރެއްވި ނަމަވެސް ދެން ފަހަރަކުން ބައްދަލުވުމެއް ބޭއްވުމުގައި އޭނާއަށް މައްސަލައެއް ނެތް ކަމަށެވެ.

މީގެ ކުރިން ކޯބިން ވަނީ އިމިގްރޭޝަނާއި ހިއުމަން ރައިޓްސް އަދި ވިޔަފާރިއާއި މޫސުމާ ބެހޭ ގޮތުން ޓްރަމްޕްގެ ގެންގުޅުއްވާ ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ކަމަށް ވިދާޅުވެފައެވެ. އަދި ވެސްޓްމިނިސްޓާގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަ ދައްކަވަމުން ކޯބިން ވަނީ ލަންޑަންގެ މޭޔަރ ޞާދިގް ހާން އަށް ޓްރަމްޕް ދެއްވި ބަހުގެ ހަމަލާތައް ކުށްވެރިކުރައްވާފައެވެ. ނަމަވެސް ދުނިޔެއަކީ މި އަށް ވުރެ އަމާން ތަނަކަށް ހެދުމަށް ކޮންމެ މީހަކާ ވެސް ވާހަކަ ދެއްކުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށް މުޒާހަރާގެ ބައިވެރިންނާ މުހާތަބުކުރައްވައި ކޯބިން ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލަތަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، ދެ ފަރާތުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ކޯބިން ކުރިން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ މޫސުމާ މެދު ޓްރަމްޕް ގެންގުޅުއްވާ އުސޫލުތަކާއި އަމަން ބެލެހެއްޓުން ފަދަ ކަންކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯބިންއާ ބައްދަލު ނުކުރެއްވި ނަމަވެސް ޓްރަމްޕް ވަނީ އިންގްލެންޑްގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ދެން ހޮވޭނެ ކަމަށް ގިނަ މީހުން ގަބޫލުކުރާ ބޮރިސް ޖޮންސަންއާ ފޯނުން ވާހަކަ ދައްކަވާފައެވެ. އަދި ބްރެކްސިޓް އަށް އެންމެ ބޮޑަށް ބާރު އެޅުއްވި ލީޑަރު ނައިޖެލް ފަރާޖްއާ ވެސް ޓްރަމްޕް ވަނީ ބައްދަލު ކުރައްވާފައެވެ.

ބްރެކްސިޓަކީ އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. މި ވޯޓާ ގުޅިގެން އީޔޫ އިން ވަކިވާނެ ގޮތުގެ އެއްބަސްވުމަކަށް ނާދެވި އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ތެރީސާ މޭ ވަނީ އިސްތިއުފާ ދެއްވަން ނިންމަވާފައެވެ. މޭ ޕާލިމަންޓަށް ހުށަހެޅި ހުރިހާ އެއްބަސްވުމެއް ވަނީ ބޮޑު އަގުލަބިއްޔަތަކާ އެކު ތަޅުމުން ބޭރުކޮށްލާފައެވެ.

- ކޮމެންޓް