ކ. މާލެ
|
4 ޖޫން 2019 | އަންގާރަ 22:01
ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން
ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގެ ތެރެއިން
އެމްއެމްޕީއާރްސީ
ވޯލްޑް ޓްރެވަލް އެވޯޑްސް
ވޯލްޑް ޓްރެވަލް އެވޯޑްސް: ރާއްޖެއަށް ރަން ވަނަތަކެއް!
ރާއްޖެ ވަނީ 3 އެވޯޑެއް ހާސިލްކޮށްފައި

ދުނިޔޭގެ ފަތުވެރިކަމުގެ ސިނާއަތުގެ އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްއިން 3 އެވޯޑެއް ދިވެހި ރާއްޖެއަށް ލިބިއްޖެއެވެ.

މި އެވޯޑްތައް ރާއްޖެ ހާސިލްކޮށްފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެންޑް އިންޑިއަން އޯޝަން ކެޓެގަރީއިންނެވެ.

އެގޮތުން ފަތުރުވެރިންނަށް އެންމެހިތްގައިމު މަންޒިލެއްގެ ގޮތުގައި "އިންޑިއަން އޯޝަންސް ލީޑިންްް ޑެސްޓިނޭޝަން އެވޯޑް" ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ ދިވެހި ރާއްޖޭގެ ކަނޑު އަޑީގެ ހިތްގައިމު މަންޒަރުތައް ދެކިލަން ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައި "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް" އަދި ދިވެހި ރާއްޖޭގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮައްލުމަށް ފަތުރުވެރިން އަންނަ މަންޒިލެއްގެ ގޮތުގައި "އިންޑިއަން އޯޝަންސް ލީޑިން ބީޗް ޑެސްޓިނޭޝަން" އެވޯޑް ވެސް ހާސިލް ކޮށްފައިވަނީ ރާއްޖެއިންނެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމެވެ. މިހަފްލާ ބާއްވާފައިވަނީ ސައުތް އެފްރިކާގެ ދަ އިންޓަރ ނެޝަނަލް ޑާރބަން ކޮންވެންޝަން ސެންޓަރގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އެންޑް އިންޑިއަން އޯޝަން ކެޓެގަރީ ގައި ރާއްޖެއާއި ވާދަކޮށްފައި ވަނީ މޮރިޝަސް، ސީޝެލްސް ފަދަ ޤަައުމުތަކެވެ.

ރާއްޖެއަށް ފާއިތުވި އަހަރު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ނިސްބަތަށް ބަލާއިރު 2018 ވަނަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ދިވެހިރާއްގެ ޒިއާރަތް ކޮށްފައިވެއެވެ.

ރާއްޖެއަށް ގިނަ އެވޯރޑްތަކެއް ލިބިގެންދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ބަލައިގަތުމެއް ކަމަށް ދެކޭ ކަމަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުންދާ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އިން ބުންޏެވެ.

މިފަދަ މަތީ ހަރުފަތަކަށް ރާއްޖެ ދިޔުންވެގެންދާނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރު ވެގެންދާނެ ކަމެއް ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ. އަދި ކުރިއަށް އޮޮތް ތަނުގައި ބޭރުގެ އެކި ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ފެއަރ ތަކުގައި ބައިވެރިވާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

- ކޮމެންޓް
5 ޖޫން 2019 | ބުދަ 01:19
ދިވެހިރައްޔިތުންގެ,
ދިވެހިރައްޔިތުންގެ, އިންހެރިޓް މުދަލުންނެގިފައިދާ އިންރައްޔިތުންނައްދިނީ ކޯޗެއްބާ؟